logo

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން ފަށައިފި

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

25 އޭޕްރީލު 2026 - 06:06
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން ފަށައިފި

SHARE

ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދަނީ މިއަދު ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.

މި ޕްރައިމަރީގެ ވޯޓުލުން މާލެ އާއި އައްޑޫ ސިޓީގައި ކުރިއަށްދާއިރު، ހިތަދޫ ދާއިރާއަށް ރަޖިސްޓްރީވެފައިވާ މެމްބަރުން ވޯޓުލުމަށް ހަމަޖެހިފައިވަނީ ހިތަދޫގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ. ހިތަދޫގައި ވޯޓު ފޮށި ބަހައްޓާފައިވަނީ ހިތަދޫ ސުކޫލު ގައެވެ.

މާލެ އާއި އެހެނިހެން ރަށްރަށުގައި ވޯޓްލުމަށް ރަޖިސްޓްރީ ވެފައިވާ އެ ދާއިރާގެ މެންބަރުން ވޯޓްލުމަށް ހަމަޖެހިފައިވަނީ މާލޭގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ. މާލޭގައި މި ފޮށި ބަހައްޓާފައިވަނީ ކަލާފާނު ސުކޫލު ގައެވެ.

މި ޕްރައިމަރީގައި ޖުމްލަ 727 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d