logo

ޕީއެންސީގެ ތަރުޖަމާނަކަށް ފިރުޒުލް އައްޔަނުކޮށްފި

ޕީއެންސީގެ ތަރުޖަމާނަކަށް ފިރުޒުލް އައްޔަނުކޮށްފި

SHARE

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސްޕޯކްސްޕާސަން ނުވަތަ ތަރުޖަމާނުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކެޓްރީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު މިއަދު ހަމަޖައްސައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ޕީއެންސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ ޕާޓީގެ ތަރުޖަމާނުގެ މަގާމަށް ފިރުޒުލް އައްޔަނުކުރިކަން ރަސްމީކޮށް ހާމަކޮށްފައެވެ.

ފިރުޒުލް އަކީ މީގެ ކުރިން ވެސް ސިޔާސީ މައިދާނުގައި ތަރުޖަމާނެއްގެ ގޮތުން މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ އިންތިގާލީ މަރުހަލާގައި ވެސް ތަރުޖަމާނެއްގެ ގޮތުން ހަރަކާތްތެރިވެވަޑައިގަތީ ފިރުޒުލްއެވެ. މީގެ އިތުރުން ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ފަރާތުން ތަރުޖަމާނުގެ ޒިންމާ އުފުއްލެވީ ވެސް އޭނާއެވެ.

ފިރުޒުލް މިހާރު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީގެ މަގާމުގައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d