logo

ޕީއެންސީގެ ފަރާތުން އައްޑޫ ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރައްވާނީ ސިނާން

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

25 އޭޕްރީލު 2026 - 12:35
ޕީއެންސީގެ ފަރާތުން އައްޑޫ ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރައްވާނީ ސިނާން

SHARE

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ، އެ ދާއިރާގެ މެންބަރުކަމުގެ ގޮނޑި ގެއްލުނު، މެންބަރު މުހައްމަދު ސިނާން ކާމިޔާބު ކުރައްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ޕްރައިމަރީގައި ސިނާންއާ ވާދަކުރެއްވީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 727 މީހުންނަށް ލިބިގެންވެއެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރުކަމުގައި ކުރިން ހުންނެވި ސިނާންގެ މައްޗަށް ދަރަންޏެއް ސާބިތުވެ، އޭނާގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. މި ހުކުމާ އެކު އެ ދާއިރާގެ ގޮނޑި ހުސްވުމުން، އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ބައި-އިލެކްޝަން ބޭއްވުމަށް ނިންމާފައެވެ.

ޕީއެންސީގެ ޓިކެޓު ސިނާން ކާމިޔާބު ކުރެއްވުމާ އެކު، ކުރިއަށް އޮތް ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ މައި ޕާޓީގެ ފަރާތުން ވާދަކުރައްވާނީ އޭނާއެވެ.

އިދިކޮޅު އެމްޑީޕީއިން ވަނީ އިތުރު ކެންޑިޑޭޓަކު ކުރިމަތިނުލާތީ ޕްރައިމަރީއެއް ނެތި އެ ޕާޓީގެ ޓިކެޓު އައްޑޫގެ ކުރީގެ މޭޔަރު އަބްދުالله ސޯދިގު (ސޯބެ) އަށް ދީފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d