logo
World Cup 2026

އާދަމް ޝަރީފް, ތޯރިގް އަދި ދިޔާނާ ފޮރިން މިނިސްޓްރީގެ އިސް މަގާމުތަކަށް

ޢާއިޝަތު ނުޒުހާ

ޢާއިޝަތު ނުޒުހާ

27 އޭޕްރީލު 2026 - 04:08
އާދަމް ޝަރީފް, ތޯރިގް އަދި ދިޔާނާ ފޮރިން މިނިސްޓްރީގެ އިސް މަގާމުތަކަށް

SHARE

ލޯކަލް ގަވަމެންޓް މިނިސްޓަރު ކަމުގައި ހުންނެވި އާދަމް ޝަރީފް އުމަރާއި އެންވައިރަމެންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ތޯރިގް އިބްރާހިމް, ފޮރިން މިނިސްޓްރީގެ އިސް މަގާމުތަކަށް ހަމަޖައްސައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ސަރުކާރު ފެށުނީއްސުރެ ވަޒީރު ކަމުގައި ތިއްބެވި އާދަމް ޝަރީފާއި ތޯރިގް ހަމަޖައްސާފައިވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށެވެ. އެ ދެ ބޭފުޅުން ވެސް މަގާމުން އިސްތިއުފާ ދެއްވީ މަހުގެ 14 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހަށް ގެނައި ބަދަލުތަކުގެ ތެރެއިންނެވެ.

މީގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ވެސް ވަނީ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކޮށްފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d