logo

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުޙައްމަދު އަފީފު

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

27 އޭޕްރީލު 2026 - 10:15
ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުޙައްމަދު އަފީފު

SHARE

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށާއި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މއ. ވޭވްސައިޑް 304 ފްލެޓް، މުޙައްމަދު އަފީފު ހުސެއިން މިއަދު އައްޔަނުކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، ފެނަކައިގެ އެންމެ އިސްވެރިޔާގެ މަގާމަށް އަފީފު އައްޔަނުކުރަން ނިންމާފައިވަނީ މިއަދު ކަމަށެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު މި މަހުގެ ހަވަނަ ދުވަހުން ފެށިގެން އޮތީ ހުސްކޮށެވެ. އެ މަގާމު ހުސްވީ، 23 ޑިސެންބަރު 2024 ގައި އެ މަގާމަށް އައްޔަނުކުރެއްވި މުހައްމަދު ނަޖާހް މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.

ނަޖާހްގެ ކުރިން ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ މުހައްމަދު މުއާޒު ރަޝީދު އެވެ. މުއާޒު ވަނީ 23 ޑިސެންބަރު 2024 ގައި އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d