logo

އަބުރާ ބެހުމާއި ގަޒުފަކީ ގުރުއާނާއި ސުންނަތުގައި ނަހީކުރައްވައިފައިވާ ކަމެއް: ޝަހީމް

ޢާލިމް އަބްދުއްލަތީފް

ޢާލިމް އަބްދުއްލަތީފް

28 އޭޕްރީލު 2026 - 06:16
އަބުރާ ބެހުމާއި ގަޒުފަކީ ގުރުއާނާއި ސުންނަތުގައި ނަހީކުރައްވައިފައިވާ ކަމެއް: ޝަހީމް

އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ. ޝަހީމް -- އިސްލާމިކް މިނިސްޓްރީ

SHARE

މީހުންގެ އަބުރާ ބެހުމާއި ގަޒުފުކުރުމަކީ ކީރިތި ގުރުއާނާއި މާތް ނަބިއްޔާ ޞައްލަالله ޢަލައިހި ވަޞައްލަމްގެ ސުންނަތުގައި ނަހީކުރައްވައިފައިވާ ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

"އަދަދު" ނޫހުގެ ޑޮކިއުމެންޓްރީއަކާ ގުޅިގެން ފުލުހުން އެ ނޫހުގެ އޮފީސް ރެއިޑްކޮށްފައިވަނިކޮށް މިއަދު އެކްސްގައި ޝަހީމް ކުރެއްވި ޕޯސްޓެއްގައިވަނީ ގާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލުފާޅުކުރުުމުގެ މިނިވަންކަން އިސްލާމްދީނާއި ގާނޫނުގެ ހުދޫދުގެ ތެރޭގައި ދެމެހެއްޓުމަށް ގޮވައިލައްވައިފައެވެ.

ޝަހީމް ވިދާޅުވީ ރާއްޖޭގެ ބައެއް ނޫސްތަކުންނާއި ޗެނަލްތަކުންނާއި ސޯޝަލް މީޑިއާގެ އެކި އެކައުންޓްތަކުން މިއަދު ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އެމަނިކުފާނުގެ ބޭފުޅުންނާއި ޢާއިލާއަށާއި ވަޒީރުންނާއި ޢާއިލާތަކަށް ފުރައްސާރަކުރަމުންދަނީ މީގެ ކުރިން ރާއްޖޭގައި މިފަދަ ކަންކަން ކުރިމަތިވެފައި ނުވާ މިންވަރަށްކަމަށާއި މިއީ ހިތާމަކުރަން ޖެހޭކަމެއްކަމަށެވެ.

"އަބުރާ ބެހުމާއި ގަޒުފުކުރުމާއި ފުރައްސާރަކުރުމާއި ނުބައި ލަޤަބުތަކުން މީހުންނާ މުޚާޠަބްކުރުމާއި ދޮގު ވާހަކަ ފެތުރުމަކީ ކީރިތި ޤުރްއާނާއި ނަބިއްޔާގެ ސުންނަތުގައި ނަހީކުރައްވާފައިވާ ކަންކަމެއް. އިންސާނަކަށް ލިބިގެންވާ އެންމެ މަތިވެރި ޝަރަފަކީ އޭނާގެ އަބުރާއި ކަރާމަތުގެ ޝަރަފް," ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން, ދިވެހިރާއްޖެއަކީ ނޫސްވެރިންނަށް ފުރިހަމަ މިނިވަންކަން ލިބިފައިވާ، އަދި ޚިޔާލު ފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން ގާނޫނު އަސާސީގެ ދަށުން ކަށަވަރުކޮށްދީފައިވާ ޤައުމެއްކަމަށާއި، މި މިނިވަންކަމުގެ ބޭޏުން ހެޔޮ ގޮތުގައި ހިފަން ޖެހޭކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމަކީ އިސްލާމްދީނާއި ޤާނޫނު އަސާސީގެ އިމުން ބޭރުން މީހުންގެ އަބުރާއި ޢިއްޒަތަށް އަރައިގަނެ ފުރައްސާރަކޮށް ގަނާކުރުމުގެ ނިޒާމަކަށް ބަދަލުވެއްޖެ ނަމަ މުޖުތަމަޢު ހަލާކުވެގެން ހިނގައިދާނެކަމަށާއި، ނޫސްވެރިކަން ހެޔޮ ގޮތުގައި ދަމަހައްޓަން މަސައްކަތް ކުރަންޖެހޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިތުރަށް ޝަހީމް ވިދާޅުވީ, އަބުރު ޙިމާޔަތްކުރުމަކީ އިސްލާމީ ޝަރީޢަތުގެ އެންމެ މަތިވެރި ފަސް މަޤުޞަދުގެ ތެރޭގައި ލައްވާފައިވާކަމެއްކަމަށާއި، ހެޔޮ ގޮތުގައި މަސައްކަތްކުރައްވާ އެންމެހައި ނޫސްވެރިންގެ މަސައްކަތްތައް ބަލައިގަނެ އަގުވަޒަންކުރައްވާކަމަށެވެ. އަދި ނޫސްވެރިކަމަކީ އަދަބިއްޔާތުގެ ތެރޭގައި ނަޤުދީ ވިސްނުމާއި ބިނާކުރަނިވި ފާޑުކިއުމުގެ މައްޗަށް ހިނގާ ނިޒާމަކަށް ވެއްޖެ ނަމަ މުޅި މުޖުތަމަޢަށް ފައިދާވާނެކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d