logo
World Cup 2026

ހިމާޔަތްކޮށްފައިވާ މަހެއް ބާނައިފިނަމަ ބައި މިލިއަނުން ޖޫރިމަނާ

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

30 އޭޕްރީލު 2026 - 06:22
ހިމާޔަތްކޮށްފައިވާ މަހެއް ބާނައިފިނަމަ ބައި މިލިއަނުން ޖޫރިމަނާ

SHARE

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ބާވަތުގެ މަހެއް ބާނައިފި ނަމަ، 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް މަސްވެރިކަމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަލްސަން އަހުމަދު ހުށަހެޅުއްވި މި ބިލަކީ ރާއްޖޭގެ ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށްޓަކައި ކަނޑައަޅާފައިވާ އުސޫލުތައް ހަރުދަނާކުރުމަށް ހުށަހެޅި ބިލެކެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނުގައި 'ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދެއްގައި ކަނޑައަޅާފައިވާ ކުށެއް ކުރުން' ނަމުގައި އޮންނަ މާއްދާގެ ދަށުން މިފަދަ އަމަލެއް ކޮށްފި ނަމަ ދެވޭ އެންމެ ބޮޑު އަދަބަކީ 5،000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ. ނަމަވެސް، އަލަށް ހުށަހެޅި އިސްލާހުގެ ދަށުން މި އަދަދު ވަނީ ބޮޑުތަނުން އިތުރުކޮށްފައެވެ.

ހުށަހަޅާފައިވާ ބިލުގައިވާ ގޮތުން، ހިމާޔަތްކޮށްފައިވާ ބާވަތެއްގެ މަހެއް ބާނައިފި ނަމަ ނުވަތަ ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން އެއްވެސް ބާވަތެއްގެ މަސްވެރިކަން ކޮށްފި ނަމަ، 5 ލައްކަ ރުފިޔާއަށް ވުރެ މަތި ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. މީގެ އިތުރުން، ހިމާޔަތްކޮށްފައިވާ ބާވަތެއްގެ މަހެއް އެކްސްޕޯޓްކުރުން ނުވަތަ އެކްސްޕޯޓް ކުރަން އުޅެފި ނަމަ، 1 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމަށް ވެސް ބިލުގައި ވަނީ ހިމަނާފައެވެ.

މި އިސްލާހުގެ ދަށުން ޖޫރިމަނާކުރުމުގެ ހާއްސަ ގަވައިދެއް އެކުލަވާލަން ޖެހެއެވެ. އެ ގަވައިދުގައި ޖޫރިމަނާގެ އަދަބުތައް ކަނޑައެޅުމުގައި މިނިސްޓްރީން އަމަލުކުރާނެ އިޖުރާއަތްތަކާއި، ކުށުގެ ކުޑަބޮޑުމިނަށް ބަލައި ޖޫރިމަނާ ކަނޑައެޅުމުގައި ރިއާޔަތްކުރާނެ ކަންކަން ބަޔާންކުރަން ޖެހޭނެ ކަމަށް ބިލުގައިވެއެވެ.

ޖޫރިމަނާ ކަނޑައެޅުމުގައި ބަލާނެ މުހިންމު ކަންތައްތަކުގެ ތެރޭގައި، ހިލާފުވި އަމަލުގެ ނުރައްކާތެރިކަމާއި އެއިން ކުރި އަސަރު ހިމެނެއެވެ. ވަކިން ހާއްސަކޮށް، އެ އަމަލެއްގެ ސަބަބުން ހިމާޔަތްކޮށްފައިވާ ތަންތަނާއި، ތަކެއްޗާއި އަދި މުޅި ތިމާވެއްޓަށް ކުރި އަސަރަށް ރިއާޔަތްކުރަން ޖެހޭނެ ކަމަށް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d