އެމްޓީސީސީގެ ޑީއެމްޑީގެ މަގާމަށް މުބީން އައްޔަނުކުރައްވައިފި

އަޙްމަދު ސަދޫފް މޫސާ

SHARE
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު މުބީން މިއަދު އައްޔަނުކުރައްވައިފިއެވެ.

މުބީން އެ މަގާމަށް އައްޔަނުކުރެއްވުމާ ގުޅިގެން އެމްޓީސީސީގެ ފަރާތުން ވަނީ އޭނާއަށް މަރުޙަބާ ދަންނަވާފައެވެ. މުބީންއަކީ މީގެ ކުރިން ސަރުކާރުގެ އެކި މަގާމުތަކާއި ސިޔާސީ ދާއިރާގައި އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
މި ސަރުކާރު އައިފަހުން މުބީން އެންމެ ފުރަތަމަ ހުންނެވީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. ނަމަވެސް، ސަރުކާރުގެ ކުންފުނިތައް ރީސްޓްރަކްޗަރ ކުރުމުގެ ސިޔާސަތުގެ ދަށުން އެ ކުންފުނި އުވާލުމާ ގުޅިގެން އޭނާ ވަނީ އެ މަގާމުން ވަކިވެވަޑައިގެންފައެވެ.
ކުންފުނީގެ މަގާމުން ވަކިވެވަޑައިގަތުމަށްފަހު، މުބީން އެންމެ ފަހުން ހަރަކާތްތެރިވެވަޑައިގަތީ ސިޔާސީ މަސައްކަތްތަކުގައެވެ. އެގޮތުން ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ތެރޭގައި ތިނަދޫ ސިޓީގައި ޕީއެންސީގެ ކެމްޕެއިން ހަރަކާތްތައް އިސްކޮށް ހިންގެވުމުގައި އޭނާ މަސައްކަތް ކުރެއްވިއެވެ.
.jpg&w=3840&q=75)

