logo

މާލެ ޓެކްސީ އެޕް، އެޕް ސްޓޯރަށް ނެރެފި

މާލެ ޓެކްސީ އެޕް، އެޕް ސްޓޯރަށް ނެރެފި

މާލެ ޓެކްސީ ލައިނުގެ ކާރުތައް -- ނުކުތާ ފޮޓޯ: އިބްރާހިމް ނާއިޝް ނާހިދު

SHARE

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އޮޕަރޭޓްކުރާ 'މާލެ ޓެކްސީ ލައިން' ގެ މޯބައިލް އެޕްލިކޭޝަން އެޕަލް އެޕް ސްޓޯރަށް ނެރެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި އެޕްލިކޭޝަން މެދުވެރިކޮށް މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ޓެކްސީތައް ފަސޭހަކަމާއެކު ބުކް ކުރެވޭނެއެވެ.

މި އެޕްލިކޭޝަން ތައާރަފުކުރުމަކީ އާންމު ދަތުރުފަތުރުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެކެވެ. މީގެ ކުރިން ސަރުކާރުގެ އެހީތެރިކަމާއެކު ހިންގާ މި އިލެކްޓްރިކް ޓެކްސީ ފްލީޓް ބުކް ކުރެވެނީ ހަމައެކަނި އެމްޓީސީސީގެ ވެބްސައިޓް މެދުވެރިކޮށެވެ.

ނަމަވެސް މި އެޕްލިކޭޝަނާއެކު ބުކިން ހެދުމުގެ ވަގުތު އަވަސްވެ، ޑްރައިވަރުންނާ ގުޅުވައިދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި ހިދުމަތް ފެށުމުގެ ގޮތުން އެމްޓީސީސީން ވަނީ ވަރަށް ކާމިޔާބު ތައާރަފުކުރުމުގެ މަރުހަލާއެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، އިލެކްޓްރިކް ޓެކްސީތައް މާލެއަށް ތައާރަފުކުރި ފުރަތަމަ ދެ ހަފުތާގައި އާންމުންނަށް ހިލޭ ދަތުރުކުރުމުގެ ފުރުސަތު ވަނީ ދީފައެވެ.

އެ މުއްދަތުގައި ދަތުރުތައް ބުކް ކުރެވެނީ ހަމައެކަނި ހޮޓްލައިން ނަންބަރަށް ގުޅައިގެންނެވެ.

އައިއޯއެސް ބޭނުންކުރާ ފަރާތްތަކަށް މިހާރު އެޕް ސްޓޯރުން މި އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެއެވެ. އެންޑްރޮއިޑް ފޯނުތަކަށް ހާއްސަ އެޕްލިކޭޝަންގެ މަސައްކަތްތައް މިހާރު ނިމެމުންދާ ކަމަށާއި، ވަރަށް އަވަހަށް ގޫގުލް ޕްލޭ ސްޓޯރުން އެ އެޕްލިކޭޝަން ލިބޭނެ ކަމަށް އެމްޓީސީސީން ވަނީ ކަށަވަރުކޮށްދީފައެވެ.

އެންޑްރޮއިޑް އެޕްލިކޭޝަން ލިބެންދެން، އެ ފަރާތްތަކަށް ވެބް އެޕް ނުވަތަ 1655 އަށް ގުޅައިގެން ދަތުރުތައް ބުކް ކުރެވޭނެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d