logo

ތިލަފުށީގައި 100 މީޓަރުގެ އެއްގަމު ތޮއްޓެއް ހެދުމުގެ މަސައްކަތް އެމްޓީސީސީއަށް

ތިލަފުށީގައި 100 މީޓަރުގެ އެއްގަމު ތޮއްޓެއް ހެދުމުގެ މަސައްކަތް އެމްޓީސީސީއަށް

SHARE

ކ. ތިލަފުށީގައި 100 މީޓަރުގެ އެއްގަމު ތޮއްޓެއް ހަދައި، ކޮންކްރިޓް ޕޭވްމަންޓު އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) ގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ކެޕްޓަން ހުސެއިން ޝަފީގު އެވެ.

މި މަޝްރޫޢުގެ ދަށުން ބަނދަރުގެ ބޭސިން ހިއްކުމާއި، 112 މީޓަރުގެ އެއްގަމު ތޮށި ޝީޓްޕައިލް ކުރުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން 30 ޓަނުގެ ބޯލާޑްސް ޖެހުމާއި ކޮންކްރީޓް ޕޭވިންގްގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

ޖުމްލަ 18.80 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫޢަކީ 120 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ. މި މަޝްރޫޢު ނިމުމުން ތިލަފުށީގައި އެމްޕީއެލްއިން ހިންގާ އޮޕަރޭޝަންތަކަށް ބޮޑު ލުޔެއް ލިބި، ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d