logo

ރާއްޖެއިން ހަންޓާ ވައިރަސްގެ ކޭހެއް ނުފެނޭ: އެޗްޕީއޭ

ރާއްޖެއިން ހަންޓާ ވައިރަސްގެ ކޭހެއް ނުފެނޭ: އެޗްޕީއޭ

ބާރުބޮޑު ދުވަހެއްގައި މާލޭގެ ބާރުބޮޑު ދުވަހެއްގައި -- ފޮޓޯ: މިހާރު

SHARE

މިހާތަނަށް ރާއްޖެއިން ހަންޓާ ވައިރަސް ބަލީގެ އެއްވެސް ކޭހެއް ނުވަތަ ބަލިޖެހިފައިވާ މީހަކާ ދިމާވި މީހަކުވެސް ފެނިފައި ނުވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ހަންޓާ ވައިރަސް އާއި ގުޅޭ މައުލޫމާތު ހާމަކޮށް އެޗްޕީއޭ އިން ބުނީ ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރާ ކްރޫޒް ލައިނަރ އަކުން ހަންޓާވައިރަސް ފެނުމާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) މެދުވެރިކޮށް އެ އެޖެންސީން ދަނީ މިކަން ވަރަށް ގާތުން މޮނިޓާ ކުރަމުން ކަމަށެވެ.

އެގޮތުން މިހާތަނަށް ރާއްޖެއިން މި ބަލީގެ އެއްވެސް ކޭހެއް ނުވަތަ ބަލިޖެހިފައިވާ މީހަކާ ދިމާވި މީހަކުވެސް ފެނިފައި ނުވާކަން އެޗްޕީއޭ އިން ވަނީ ކަށަވަރުކޮށްދީފައެވެ.

އަދި މި ބަލީގެ ނުރައްކާ ރާއްޖެއަށް އޮތީ ވަރަށް ކުޑަކޮށް ކަމަށްވެސް އެ އެޖެންސީން ފާހަގަކުރެއެވެ.

އެޗްޕީއޭ އިން އިތުރަށް ބުނީ މިކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ލިބެމުންދާ ވަރަކަށް އާންމުންނަށް ހިއްސާ ކުރަމުންދާނެ ކަމަށެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d