ކޮޅިގަނޑެއް އުފެދި މޫސުން ގޯސްވާނެތީވެ ސަމާލުވާން މެޓުން އިލްތިމާސްކޮށްފި

އަޙްމަދު ސަދޫފް މޫސާ

SHARE
ރާއްޖޭގެ ސަރަހައްދުގައި ކޮޅިގަނޑެއް އުފެދި ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން މިއަދު އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުން ބުނި ގޮތުގައި ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑާ ގުޅިގެން ދެކުނުގެ ސަރަހައްދުތަކަށް ދަނީ ވައި ގަދަވަމުންނެވެ.
މީގެ އިތުރުން ރާއްޖޭގެ އިރުއުތުރުން އުފެދިފައިވާ ލޯޕްރެޝަރ ޓްރަފްގެ ސަބަބުން އެ ސަރަހައްދުގައި ގިނަ އަދަދަކަށް ބޯވިއްސާރަވިލާ އުފެދެމުންދާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މި ބަދަލުތަކާއެކު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގުމޫސުން ފެށިގެން ދިއުމުގެ ފުރުސަތު ބޮޑުކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.
އެހެންކަމުން މިއަދުން ފެށިގެން ކުރިއަށް އޮތް 5 ދުވަހު، ޚާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކުގައި ވައިގަދަވެ ވިއްސާރަކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މިގޮތުން ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވަނީ ހުދު ސަމާލު ނެރެފައެވެ. މި މުއްދަތުގެ ތެރޭގައި ބޯކޮށް ވާރޭވެހޭނެ ކަމަށް ބެލެވެއެވެ.
ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ. އާންމުކޮށް ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭއިރު، ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

.jpg&w=3840&q=75)
.jpg&w=3840&q=75)
.jpg&w=3840&q=75)
