40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު!

އަޙްމަދު ސަދޫފް މޫސާ
.jpg&w=3840&q=75)
SHARE
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ކަނޑުގަދަވެ، ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ދެ ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ އިދާރާއިން ނެރުނު ފުރަތަމަ ސަމާލުގައި ބުނެފައިވަނީ، ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް މިއަދު މެންދުރުފަހު 3:00 އިން ރޭގަނޑު 9:00 އަށް މޫސުން ގޯސްވާނެ ކަމަށެވެ. މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
މީގެ އިތުރުން ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ވެސް ވަނީ ހުދު ސަމާލު ނެރެފައެވެ. މި ސަރަހައްދަށް މިއަދު މެންދުރު 12:00 އިން ފެށިގެން ހަވީރު 6:00 އާ ހަމައަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ބެލެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުދަތުރުކުރާ ފަރާތްތަކާއި، މަސްވެރިން އަދި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި އާންމު ރައްޔިތުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބާރުއަޅާފައެވެ.

.jpg&w=3840&q=75)
