logo
World Cup 2026

މިއަދު ވެސް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ: މެޓް

އައިޝަތު ހިދާޔާ

28 ޖޫން 2026 - 02:59
މިއަދު ވެސް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ: މެޓް

ވިއްސާރަ ދުވަހަކު މާލޭގެ މަގުމަތި -- ނުކުތާ ފޮޓޯ: އިބްރާހިމް ނާއިޝް

SHARE

މިއަދު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ, މެޓުން ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އިއްޔެއިން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ވަނީ މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހިފައެވެ. މާލެއަށް ވޭތުވެދިޔަ 24 ގަޑިއިރު 51.6 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް ރިކޯޑުކޮށްފައި ވާއިރު, ހުޅުމާލެއަށް ވަނީ 53.6 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އެންމެ ގިނައިން އިއްޔެ ވާރޭވެހިފައި ވަނީ އއ. ހިމަންދޫއަށެވެ. އެރަށަށް 63.9 މިލިމީޓަރުގެ ވާރޭ ވެހިފައި ވެއެވެ.

މެޓުން ބުނީ މިއަދު ވެސް ރާއްޖޭގެ އެކިހިސާބުތަކަށް މޫސުން ގޯސްވެ, ބައެއް ރަށްރަަށަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ. އަދި ހުޅަނގާއި ހުޅަނދު އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ.

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށާއި އެހެން ހިސާބުތަކަށް ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ބުންޏެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެ އިދާރައިން ވަނީ އިލްތިމާސްކޮށްފައެވެ.

undefined

މޫސުން ގޯސްވުމުގެ ސަބަބުން ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް, މިއަދު ހެނދުނު 08:15އިން ފެށިގެން މެންދުރު 01:00އާ ހަމައަށް ވަނީ ހުދު ސަމާލު ނެރެފައެވެ. މި ސަމާލު ނެރެފައި ވަނީ ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށަށް ލަފާކޮށްފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d