logo
World Cup 2026

މިއަދުވެސް ވަރަށް ވިއްސާރަ، ކަނޑުތައް ވެސް ވަރަށް ގަދަ

މިއަދުވެސް ވަރަށް ވިއްސާރަ، ކަނޑުތައް ވެސް ވަރަށް ގަދަ

SHARE

ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދުވެސް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނޭކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ދުވަސްވަރަކީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު، ކުރިއަށް އޮތް ވަގުތުތަކުގައިވެސް ވިއްސާރަ ދެމިއޮންނާނެ ކަމަށް ބެލެވެއެވެ.

މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރުމިނަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވަނީ އިރުޝާދު ދީފައެވެ.

ވައިގަދަވުމުގެ ސަބަބުން ރާއްޖޭގެ ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ. ކަނޑުތައް ގަދަވެފައި، ވިލާގަނޑުގައި ވައި ބާރުވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވާތީވެ، މޫސުމަށް ބަލައި އެންމެ ފަހުގެ މައުލޫމާތު ހޯދައިގެން ނޫނީ ކަނޑުމައްޗަށް ނޭރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ދަތުރަށް ފުރުމުގެ ކުރިން މޫސުމީ އެންމެ ފަހުގެ އިންޒާރުތަކަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ނަސޭހަތްތެރިވެފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d