logo

ރައްޔިތުންގެ ބައްދަލުވުންތައް ޖޫން މަހު އަލުން ފަށަނީ

ޢާއިޝަތު ނުޒުހާ

ޢާއިޝަތު ނުޒުހާ

11 މޭ 2026 - 05:38
ރައްޔިތުންގެ ބައްދަލުވުންތައް ޖޫން މަހު އަލުން ފަށަނީ

މީގެ ކުރިން ބޭއްވި ރައްޔިތުންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

SHARE

ރައީސް ޑރ. މުހައްމަދު މުއިއްޒު, ރައްޔިތުންނާ ބައްދަލުކުރައްވާ ސިލްސިލް ޕްރޮގްރާމްގެ ދަށުން ބާއްވާ ބައްދަލުވުންތައް އަންނަ ޖޫން މަހު އަލުން ފަށާނެ ކަމަށް ރައީސް މިއަދު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ, ކުރިން ގެންދިޔަ ގޮތަށް ރައްޔިތުނާއެކު އަލުން ބައްދަލުވުންތައް ފަށާނެ ކަމަށެވެ.

އެގޮތުން މާލޭގެ އަވަށްތަކުގެ ބައްދަލުވުންތަކާއި ވަކިވަކި ދާއިރާތަކުގެ ބައްދަލުވުންތަކުގެ އިތުރުން ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރަން ރައްޔިތުންގެ ގާތަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ވަގުތު ވާނަމަ ހަފްތާއަކު އެއް ފަހަރު ނުވަތަ ވީހާ ވެސް އަވަސްކޮށް ބައްދަލުވުންތައް ބާއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d