logo

އޭޑީއެޗްޑީ ހުންނަ ކުދިންގެ ބޭސް އެތެރެކުރުމުގެ ހުއްދަ ދިނުމަށް މަޖިލީހުން ފާސްކޮށްފި

އޭޑީއެޗްޑީ ހުންނަ ކުދިންގެ ބޭސް އެތެރެކުރުމުގެ ހުއްދަ ދިނުމަށް މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލިސް --

SHARE

އޭޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާ މުހިއްމު ބޭހެއް ކަމަށްވާ މިތައިލްފެނިޑޭޓް ރާއްޖެ އެތެރެކުރުމުގެ ހުއްދަ ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. މި ބޭސް އެތެރެކުރުމަށް ހުއްދަ ދިނުމަށް ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 51 މެންބަރުންގެ އިއްތިފާގުންނެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި މައްސަލައަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ގާނޫނީ ގޮތުން ލިބިދޭންޖެހޭ އިނާޔަތްތައް ލިބުމުގައި އިހުމާލުވެފައިވާތީ ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން ފެންމަތިވި ކަމެކެވެ. މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ސީނިއާ ފާމަސިސްޓް އައިޝަތު ޖަލީލާ ވިދާޅުވީ، މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލެއްގައި މި ބޭސް ހިމެނިފައި އޮތުމުގެ ސަބަބުން އެ ބޭސް ރާއްޖެ އެތެރެކުރުން މަނާވެފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ސަރުކާރުގެ ފަރާތުން މަސްތުވާތަކެތީގެ ގާނޫނަށް ހުށަހެޅި އިސްލާހު ދިރާސާކުރީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީންނެވެ. އެ ކޮމިޓީން މި މަހުގެ 6 ވަނަ ދުވަހު ވަނީ މަނާ ބޭސްތަކުގެ ލިސްޓުން މިތައިލްފެނިޑޭޓް އުނިކުރުމަށް މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

އެމްއެފްޑީއޭ އިން ފާހަގަކޮށްފައިވާ ގޮތުގައި، މި ބޭހަކީ އޭޑީއެޗްޑީ ހުންނަ ކުދިންނަށް ދޭންޖެހޭ ވަރަށް މުހިއްމު ބޭހެކެވެ. ނަމަވެސް ގާނޫނު އޮތްގޮތުން އެ ބޭސް އެތެރެކުރުމުގައި މިހާތަނަށް ބޮޑެތި ހުރަސްތަކެއް ހުއްޓެވެ. މަޖިލީހުން މިއަދު މި ނިންމި ނިންމުމާއެކު، އެ ބޭސް ރާއްޖެ އެތެރެކުރުމުގެ ގާނޫނީ މަގު މިވަނީ ތަނަވަސްވެފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d