logo

ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ކެންސަލް، ޗުއްޓީގެ ކުރިން މާދަމާ އިތުރު ޖަލްސާއެއް ބާއްވަނީ

ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ކެންސަލް، ޗުއްޓީގެ ކުރިން މާދަމާ އިތުރު ޖަލްސާއެއް ބާއްވަނީ

SHARE

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ނުވަތަ ކޯރަމް ހަމަނުވުމުގެ ސަބަބުން މިއަދުގެ ޖަލްސާ ކެންސަލްކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މަޖިލީހުގެ ގަވާއިދު ބުނާގޮތުން ޖަލްސާއެއް ފެށޭނީ މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދުގެ 25 އިންސައްތަ މެންބަރުން ހާޒިރުވެ ތިއްބަވައިގެންނެވެ.

މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޖުމްލަ 93 މެންބަރުން ތިއްބަވާއިރު، ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމަކީ 23 މެންބަރުންނެވެ.

މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވުނު ނަމަވެސް، މާދަމާ ހެނދުނު 9:00 ގައި މަޖިލީހުގެ ޖަލްސާއެއް އޮންނާނެކަން މިހާރު ވަނީ އިއުލާން ކުރައްވައިފައެވެ. އާންމު އުސޫލުން ބުރާސްފަތި ދުވަސްތަކަކީ މަޖިލީހުގެ ޖަލްސާތައް ބާއްވާ ދުވަހެއް ނޫނެވެ.

މާދަމާ ޖަލްސާ ބާއްވަން ނިންމީ މި ހިނގާ ދައުރު ނިމި މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުންނެވެ.

މާދަމާއަކީ މި ދައުރުގެ އެންމެ ފަހު ދުވަސް ކަމަށްވުމާއެކު، މާދަމާގެ ޖަލްސާއަށްފަހު މަޖިލިސް ޗުއްޓީއަށް ދާނެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d