
އަލައިކާ -
SHARE
ނިމިދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބުގައި މާލޭ ސިޓީގެޑަބްލިޔުޑީސީގެ ރައީސް ކަމަށް ވާދަކުރެއްވި އާޝިޔަތު އަލައިކާ އަދްނާނަށް, ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން ދީފިއެވެ.

ޓްރާންސްޕޯޓް އެންޑް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަލައިކާ ހަމަޖައްސާފައިވީނަމަވެސް އެ ކަން ސަރުކާރުން އަދި ރަސްމީކޮށް ހާމަނުކުރެއެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި އަލައިކާ ގޮނޑިއަށް ވާދަކުރިއިރު, އެ ގޮނޑި ފެނިގެން ދިޔައީ އެންމެ ވާދަވެރި އެއް ގޮނޑީގެ ގޮތުގައެވެ. އެހެންނަމަވެސް އަލައިކާ ބަލިކޮށް ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓު ރީޝާ އެވެ.



