logo

މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރަން ހުށަހަޅައިފި

ޢާއިޝަތު ނުޒުހާ

ޢާއިޝަތު ނުޒުހާ

14 މޭ 2026 - 07:38
މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރަން  ހުށަހަޅައިފި

SHARE

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައްޔިތުންގެ މަޖިލީހުން މިއަދު ބުނީ ނާޒިމް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ އިދާރާއަށް ވަނީ ލިބިފައިވާ ކަމަށާއި އެ މައްސަލަ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދާނެ ކަމަށެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވަކިކުރަން މެންބަރުންގެ ހަތަރު ބައިކުޅަ އެއްބައި މެންބަރުންގެ ސޮއި ބޭނުންވެއެވެ. ނާޒިމް ވަކިކުރަން ނިންމައި ޕީއެންސީ ޕާލިމެންޓަރީ ގުރޫޕުން ސޮއި ހަމަކޮށްފައިވަނީ އިއްޔެއެވެ.

ނާޒިމް މަގާމުން ވަކިކުރާ ސީދާ ސަބަބެއް ސާފެއް ނުވިނަމަވެސް, ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުން ވެސް ނާޒިމް ވަނީ އިއްޔެ ބޭރުކޮށްލައިފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d