logo

މަރުވެފައި އޮއްވައި ފެނުނު އިޓަލީގެ ގައިޑު ރާއްޖޭގައި މަސައްކަތްކުރާތާ 9 އަހަރު!

މަރުވެފައި އޮއްވައި ފެނުނު އިޓަލީގެ ގައިޑު ރާއްޖޭގައި މަސައްކަތްކުރާތާ 9 އަހަރު!

SHARE

ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދަނިކޮށް 60 މީޓަރު އަޑިން މަރުވެފައި އޮއްވައި ފެނުނު އިޓަލީގެ ޑައިވް ގައިޑަކީ ރާއްޖޭގައި މަސައްކަތްކުރާތާ 9 އަހަރުވެފައިވާ ތަޖުރިބާކާރު މީހެއްކަން އެނގިއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މައުލޫމާތު ލިބިފައިވާ ގޮތުގައި، ގެއްލުނު އިޓަލީގެ ފަސް މީހުން ދިޔައީ 60 މީޓަރު އަޑީގައި އޮތް ހޮހަޅައެއް ބަލައި ދިރާސާކުރާށެވެ. އެމީހުން އެތަނަށް ދިޔައީ "ޑޫކް އޮފް ޔޯކް" ނަމަކަށް ކިޔާ ސަފާރީއެއްގައެވެ. އެއީ އެނގިފައިވާ ގޮތުގައި އެ ގައިޑު މަސައްކަތްކުރާ ވެސް ސަފާރީއެވެ.

ރާއްޖޭގައި ރެކްރިއޭޝަނަލް ޑައިވިންއަށް ކަނޑައަޅާފައި އޮންނަ 40 މީޓަރުގެ މިންގަނޑަކަށްވާއިރު، މަރުވެފައި އޮއްވައި ފެނުނު ގައިޑުގެ ހަށިގަނޑު ފެނިފައިވަނީ އެމީހުން ބަލަން ދިޔަ ހޮހަޅައިގެ ކައިރިންނެވެ.

މި ޑައިވްއަކީ ދިރާސާކުރުމުގެ ބޭނުމުގައި ކުރި ޑައިވްއެއް ކަމަށް ބެލެވޭއިރު، ރާއްޖޭގައި މިފަދަ ދިރާސާ ޑައިވްތައް ކުރާނަމަ ކަމާބެހޭ އިދާރާތަކުގެ ހުއްދަ ހޯދަން ޖެހެއެވެ. ނަމަވެސް، މި ފަސް މީހުން އެފަދަ އެއްވެސް ހުއްދައެއް ހޯދާފައިނުވާ ކަން ވަނީ އެނގިފައެވެ.

މިހާރު ގެއްލިފައިވާ ހަތަރު މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d