logo

ގެއްލިފައިވާ ހަތަރު މީހުން ތިބިކަމަށް ލަފާކުރެވެނީ 200 ފޫޓު ދިގު ހޮހަޅައެއްގެ ތެރޭގައި: ސިފައިން

ގެއްލިފައިވާ ހަތަރު މީހުން ތިބިކަމަށް ލަފާކުރެވެނީ 200 ފޫޓު ދިގު ހޮހަޅައެއްގެ ތެރޭގައި: ސިފައިން

SHARE

ވ. އަތޮޅު ކައިރިން ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު ފަސް މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނިފައިވާއިރު، ބާކީ ތިބި ހަތަރު މީހުން ތިބި ކަމަށް ލަފާކުރެވެނީ ގާތްގަނޑަކަށް 200 ފޫޓު ދިގު ހޮހަޅައެއްގެ ތެރޭގައި ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެމްއެންޑީއެފުން ބުނި ގޮތުގައި، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށް އެކެއްގެ ހަށިގަނޑު ފެނިފައިވަނީ މިއަދު އިރުއޮއްސި 18:13 ހާއިރު މޫދު އަޑިންނެވެ. މި ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ތެރެއިންނެވެ. ފެނުނު މީހާގެ ހަށިގަނޑު މިހާރު ވަނީ ވ. ފުލިދޫ ހެލްތު ސެންޓަރަށް ގެންގޮސްފައެވެ.

ސިފައިން ބުނީ ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައެވެ. މިއީ ވަރަށް ނުރައްކާތެރި "ހައި ރިސްކް" އޮޕަރޭޝަނަކަށް ވާތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ޚާއްޞަ ސާމާނު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 13:45 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު މި މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފުން ދިޔައީ ކުރަމުންނެވެ.

މި އޮޕަރޭޝަންގައި ސަފާރީއާއި، ވ. އަތޮޅު ޕޮލިސް ސްޓޭޝަނުގެ އިތުރުން އަލިމަތާ ރިސޯޓުގެ އެހީތެރިކަން ދަނީ ލިބެމުންނެވެ. އަދި މި އޮޕަރޭޝަން ނިމެންދެން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާނެ ކަމަށް ސިފައިން ބުނެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d