logo

މިއީ ރާއްޖެ ދުށް އެންމެ ކެރުންތެރި ހިތްވަރުގަދަ އެއް ބަތަލު: މިފަދަ ކިތަންމެ ނުރައްކާތެރި ޑައިވެއްކުރި!

މިއީ ރާއްޖެ ދުށް އެންމެ ކެރުންތެރި ހިތްވަރުގަދަ އެއް ބަތަލު: މިފަދަ ކިތަންމެ ނުރައްކާތެރި ޑައިވެއްކުރި!

SHARE

ދިވެހި ޤައުމަށްޓަކައި އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން މަސައްކަތްކުރާ ސިފައިންނަކީ ހަމަގައިމު ވެސް މި ދިވެހި ޤައުމުގެ ފަޚުރެވެ. މިގޮތުން ފެލިދެއަތޮޅުގައި ފީނަން ގޮސް އުޅެނިކޮށް ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރިއަށްގެންދިޔަ ނުރައްކާތެރި ސާޗް އެންޑް ރެސްކިއު އޮޕޭޝަނުގައި ޝަހީދުވި ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީއަކީ ހަމަ ގައިމު ވެސް މި ގައުމުގެ ހަގީގީ ބަތަލެކެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ފީނުމުގެ ތެރޭގައި ސިއްހީ ހާލަތު ގޯސްވެ، މާލޭގެ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދުގެ މެންދުރުގެ ވަގުތެއްގައި މަހުދީ ނިޔާވި ނަމަވެސް، މިއީ މިފަދަ ފުނަށް މަހުދީ ކުރި ފުރަތަމަ ޑައިވެއް ނޫނެވެ. ކެރުންތެރި، ހިތްވަރުގަދަ އަދި ހަގީގީ ބަތަލަށް މަހުދީ ވަނީ އެހެންވެއެވެ.

މަހުދީ ސިފައިންގެ ޚިދުމަތާ ގުޅުނީ 2005 ވަނަ އަހަރުއެވެ. އަސްކަރީ ތަމްރީނުތަކުގެ ކުރީކޮޅުން ފެށިގެންވެސް އޭނާއަކީ ކެރުންތެރިކަމާއި، އަޚްލާޤާއި، އަދި ވާޖިބަށް ކަމޭހިތުމުގައި ނަމޫނާ ދެއްކި ސިފަވެރިއެކެވެ. އޭނާއާއެކު ތަމްރީނު ހެދި އެކުވެރިން ސިފަކުރާ ގޮތުގައި މަހުދީއަކީ އަބަދުވެސް އެންމެ އުނދަގޫ ވަގުތުތަކުގައިވެސް ހިތްވަރު ދޫނުކޮށް މަސައްކަތްކުރި ޤާބިލު އޮފިސަރެކެވެ.

އެގޮތުން މިހާރުގެ ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު އަލީ އިޙްސާނާއެކު އެމްއެންޑީއެފްގެ ތަމްރީނުތައް ފުރިހަމަކުރި މަހުދީ، ވަޒީރު ސިފަކުރެއްވީ އެންމެ ކެރުންތެރި އެއް އޮފިސަރުގެ ގޮތުގައެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ވޭތުވެދިޔަ 21 އަހަރުގެ ތެރޭގައި މަހުދީ ވެފައިވަނީ ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އަދި އެންމެ ބޮޑަށް ތަމްރީނުވެފައިވާ އެއް ޑައިވަރަށެވެ. ހާހަކަށްވުރެ ގިނަ ޑައިވް މަހުދީކޮށްފައިވާއިރު މީގެ ތެރޭގައި ކަނޑުގެ 70 މީޓަރު އަޑިއަށް ކުރި ނުރައްކާތެރި ޑައިވްތަކާއި، ގޮންޖެހުން ބޮޑު އެތައް އޮޕަރޭޝަންތަކެއް ހިމެނޭ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"ފުރަތަމަ ދުވަހުން ފެށިގެން މަހޫދީ ފާހަގަކުރެވުނީ އޭނާގެ ހިތްވަރާއި، ޑިސިޕްލިންއާއި، ވާޖިބު އަދާކުރުމަށް ފަރުވާތެރި ބޭފުޅެއްގެ ގޮތުގައި. މިދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ އެންމެ މަތީ ތަމްރީނު ލިބިފައިވާ އަދި ގާބިލް ޑައިވަރުންގެ ތެރޭގައި ހިމެނޭ އެއް ޑައިވަރަކަށް ވެވަޑައިގެން، އެތައް ހާސް ޑައިވްތަކެއް ކުރިއަށް ގެންދެވިއިރު، ގިނަ ޑައިވްތަކަކީ އިންތިހާއަށް ނުރައްކާތެރި އަދި ރިސްކް ބޮޑު ހާލަތްތަކުގައި ކުރެއްވި ޑައިވްތައް. އޭގެ ތެރޭގައި ބިމުގެ 70 މީޓަރުގެ އަޑީގެ އޮޕަރޭޝަންތައް މަހުދީ ކުރެއްވި،" ސޯޝަލް މީޑިޔާގައި ވަޒީރު ލިޔުއްވިއެވެ.

ވަޒީރު ވިދާޅުވީ އެހާ އަޑިއަށް ކުރާ ޑައިވްތަކަކީ އާންމު އިންސާނުންނަށް ތަސައްވަރުވެސް ނުކުރެވޭ ފަދަ ނުރައްކާތަކާ ކުރިމަތިލާންޖެހޭ ފަދަ ޑައިވްތައް ކަމަށެވެ.

ހަމަ ގައިމު ވެސް އެފަދަ ޑައިވުތަކުގެ ޤައުމީ ޚިދުމަތުގައި ވެސް މަހުދީ އަކީ ބިރުކުޑަ މިސާލެކެވެ. މާ ވިއްސާރައިގެ ތެރޭގައި މި ހިންގާ ހައި ރިސްކު އޮޕަރޭޝަނުގައި ވެސް މަހުދީ ފަދަ ސިފައިން އެ ދައްކަނީ އެ ހިތްވަރެވެ. އެ ކެރުންތެރިކަމެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d