ޕެރޯލް ބޯޑުގެ މެންބަރުން ވަކިކޮށް، އަބުޗާ ހައްޔަރުކޮށް ޖަލަށްލައިފި
ސައިފުﷲ އަލީ

SHARE
އައްޑޫގައި ޑްރަގްގެ ވިޔަފާރިކުރާ ބޮޑެއް ކަމަށްވާ ސ. ހިތަދޫ، ފިނިފަރު، އަބްދުﷲ އިބްރާހީމް (އަބުޗާ) މިނިވަންކޮށްފައިވާތީ، ޕެރޯލް ބޯޑުގެ މެންބަރުން ވަކިކޮށް، އޭނާ އަލުން ޖަލަށްލައިފިއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި އިހްސާން ވިދާޅުވީ ޕެރޯލް ބޯޑުން އަބުޗާ ދޫކޮށްލީ ގާނޫނާ ޚިލާފަށް ކަމަށާއި އެހެންވެ އެ ބޯޑުގެ މެންބަރުން މިހާރު ވަކިކޮށްފައިވާ ކަަމަށެވެ.
ރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލަ ސާބިތުވެ އަބުޗާގެ މައްޗަށް ހުކުމް އިއްވީ މިދިޔަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހުއެވެ.
އޭނާ ޕެރޯލްގެ ދަށުން ދޫކޮށްލީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.
ޕެރޯލަކީ، ޖަލު ހުކުމެއް ތަންފީޒުކުރާ ގައިދީއަކު، އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމުގެ މުއްދަތު ހަމަވުމުގެ ކުރިން ޝަރުތުތަކެއް ކުރުމަށް ފަހު މުޖުތަމައުއަށް އަނބުރާ ދޫކޮށްލުމެވެ.


