logo

މި ދައުރު ނިމެންވާއިރު ފުލުހުންނަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ގާއިމްވެ ނިމޭނެ: އިހުސާން

ފާތިމަތު މިޝްކާ

6 ސެޕްޓެމްބަރު 2026 - 06:47
މި ދައުރު ނިމެންވާއިރު ފުލުހުންނަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ގާއިމްވެ ނިމޭނެ: އިހުސާން

SHARE

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ މި ދައުރު ނިމިގެންދާއިރު ފުލުހުންނަށް ބޭނުންވާ އިންފްރާސްޓްރަކްޗަރތައް ގާއިމްވެގެންދާނެ ކަމުގެ ޔަގީންކަން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ދެއްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ބޭއްވި އެކުވެރިކަމުގެ ހިނގާލުމުގައި ބައިވެރިވެވަޑައިގަތުމަށް ފަހު މީޑިއާގައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރު ނިމިގެންދާ އިރު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް އެންމެ ބޭނުންވާނެ އިންފްރާސްޓްރަކްޗަރތަކާއި މެއިންޕަވާރތައް ގާއިމްވެގެންދާނެ ކަމަށެވެ.އަދި ފުލުހުންނަށް ބޭނުންވާނެ އެންމެ ފުރިހަމަ ތަމްރީނުތައްވެސް ލިބިގެންދާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

“މިއަދަކީ ރާއްޖޭގެ ޑިމޮކްރެޓިކްގެ ހަޔާތުގަ ވަރަށް މުހިންމު ދުވަހެއް. އަސްކަރީ ޚިދުމަތެއްގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތް އޮތުމަށް ފަހުގަ މިބަދަލުވެގެން އައި މަދަނީ ޚިދުމަތަކަށް. ފާއިތުވި 22 ވަރަކަށް އަހަރަށް ބަލާލާއިރު މުޅި ދިވެހިރާއްޖެގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް އަދިކިރިޔާ މިގާއިމްވެގެން މިދިޔައީ. އަޅުގަނޑު ފާހަގަކޮށްލާނަން ސަރުކާރާ ހަވާލުވިއިރު އެންމެ 17 ރަށެއްގަ ފުލުހުންގެ ޚިދުމަތް ދެމުން އައީ. ފުލުހުންގެ ޚިދުމަތް 22 އަހަރު މަދަނީ ޚިދުމަތެއްގެ ގޮތުގައި އެސްޓެބްލިޝްވެގެން އައި ކަމުގައިވިއަސް މީހުން އިތުރުވެ، ތަމްރީނު އިތުރުވެގެން އައި ވަރަކަށް އިންފްރާސްޓްރަކްޗަރ އިތުރުވެފައި ނެތީމަ އެންމެ އެދެވޭ ގޮތެއްގައި ދިވެހި ރައްޔިތުންނާ ހިސާބަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ބާކީ ހުރި ހުރިހާ ރަށެއްގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ޤާއިމްކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށް ދާ ކަމަށެވެ. އަދި ފުލުހުންނަށް ބޭނުންވާ ޚާއްސަ ދާއިރާތަކުން ތަމްރީނުތައް ހޯދުމުގެ ކަންކަން ކުރިއަށް ދާކަން ވަޒީރު ފާހަގަކުރެއްވި އެވެ.

ވަޒީރު ވިދާޅުވީ ފުލުހުންގެ އިދާރާ ބައްޓަންވާން ޖެހޭ ގޮތަށް ކަންކަން ކުރިއަށްދާ ކަމުގެ އިހުސާސު މިހާރު ވަމުންދާ ކަމަށާއި ފުލުހުންނަށް ބޭނުންވާ ދާއިރާތަކުން ޚާއްސަ ތަމްރީނުތައް ވެސް ފުލުހުންނަށް މިހާރު ލިބެމުންދާ ކަމަށެވެ.

މީގެ އިތުރަށް ކުރިއަށް މިއޮތް އަހަރަކީ ރައްޔިތުން އެދޭ ލެވެލްއަށް ފުލުހުންގެ ޚިދުމަތް ދާނެ ދުވަސްތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d