މަދަނީ ޚިދުމަތެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ފެށީ އަމުރުކުރުމުގެ ބަދަލުގައި ގާތުން ޚިދުމަތް ދިނުމަށް: ސީޕީ
އައިޝަތު ހިދާޔާ

SHARE
ދިވެހި ސިފައިންގެ އަސްކަރިއްޔާއިން ވަކިވެ ފުލުހުންގެ ޚިދުމަތް ވަކި ޚިދުމަތެއްގެ ގޮތުގައި ދޭންފެށީ އަމުރު ކުރުމުގައި އިންސާނީ ކަރާމާތް ނަގަހައްޓައި, ގާތުން ރައްޔޮތުންނަށް ޚިދުމަތް ދިނުމަށްކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ސީޕީ މިފަދައިން ވިދާޅުވީ, ފުލުހުންގެ މުއައްސަސާއަށް 22 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ސީޕީ ވިދާޅުވީ, ވަކި މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ ޚީދުމަތުން ވޭތުވެދިޔަ 22 އަހަރަކީ ފަސޭހަ އަހަރުތަކެއް ނޫންކަމަށެވެ. ނަމަވެސް އެއީ ކާމިޔާބު ދަތުރެއްކަން ފާހަގަކުރައްވާ ސީޕީ ވިދާޅުވީ, ފުލުހުން ވަކި ުއައްސަސާއެއްގެ ގޮތުގައި ޚިދުމަތްދޭންފެށީ އިންސާނީ ކަރާމާތް ނަގަހައްޓާ ސިވިލް ޚިދުމަތްތެރީންނަށް ވުމަށްކަމަށެެވެ. މިއަދު ފުލުހުންނަކީ ރައްޔިތުންގެ ހިމާޔަތުގައި ތިބި ރައްކާތެރިން ކަމަށް ސީޕީ ވިދާޅުވިއެވެ.
"22 އަހަރުގެ ތެރޭގައި އަޅުގަނޑުމެން ވަނީ ވަކި ފަރާތަކަށް ނުޖެހި ގާނޫނުގެ މިންގަނޑުތަކަށް ކަމޭހިތާ ޑިމޮކްރެޓިކް ހަމަތަކަށް ޖަވާބުދާރީ ވާނެ މުއައްސަސާއެއް ބިނާކުރުން މަތީ ދެމިތިބފައި," ސީޕީ ވިދާޅުވިއެވެ.
ފުލުހުންނަށް އެކަނި މުޖުތަމައިގެ ކުށްތައް މަދު ނުކުރެވޭނެކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ ރައްޔިތުންގެ އަތުގައި ހިފައިގެން ކުށް މަދުކުރުމަށް މަސައްކަތް ކުރުމުގެ ހިތްވަރު އެ މުއައްސަސާގެ ކިބައިގައި އެބަހުރި ކަމަށެވެ. އެހެންކަމުން ފުލުހުންނާ އަތާއިއަތް ގުޅާލައި ކުށް މަދު މުޖުތަމައެއް ބިނާ ކުރުމަށް މަސައްކަތް ކުރުމަށް ސީޕީ ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް އިއްޔެ ވަނީ ފުލުހުންގެ ހިނގާލުމެއް ބާއްވާފައެވެ. ޖުމްހޫރީ މައިދާނުން ފެށި މި ހިނގާލުމުގައި، މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާންއާއި، ސީޕީ އަދި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ ބައިވެރިވެވަޑައިގެންނެވިއެވެ.
އެކި ރޭންކުތަކުގެ ގިނައަދަދެއްގެ ފުލުހުންނާއި، ފުލުހުންގެ ޚިދުމުގެ އާއްމު މުވައްޒަފުން ހިމެނޭ ގޮތަށް 1000 އަށްވުރެ ގިނަ މުވައްޒަފުން މި ހިނގާލުމުގައި ބައިވެރިވިކަމަށް ފުލުހުން ވަނީ ބުނެފައެވެ. ރަށްރަށުގައި ކުރިއަށް ގެންދިޔަ ހިނގާލުންތަކުގައި ވެސް އެ ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާއި އާއްމު މުވައްޒަފުން ބައިވެރިވިއެވެ.
މީގެއިތުރުން މި ދުވަސް ފާހަގަކުރުމަށް އިއްޔެ ވަނީ މާލޭގައި ކުޑަކުދިންގެ ހަވީރެއް ވެސް ބާއްވާފައެވެ.
ގުޅުންހުރި

މަދަނީ ޚިދުމަތެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ފެށީ އަމުރުކުރުމުގެ ބަދަލުގައި ގާތުން ޚިދުމަތް ދިނުމަށް: ސީޕީ

މި ދައުރު ނިމެންވާއިރު ފުލުހުންނަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ގާއިމްވެ ނިމޭނެ: އިހުސާން

