logo

މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ނުވަމީހުން ހައްޔަރުކޮށްފި

އައިޝަތު ހިދާޔާ

5 ސެޕްޓެމްބަރު 2026 - 06:13
މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ނުވަމީހުން ހައްޔަރުކޮށްފި

SHARE

މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ބަންގްލަދޭޝަށް ނިސްބަތްވާ ނުވަ މީހުން މާލެއިން ހައްޔަރުކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ފުލުހުން ބުނީ, އެ މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު މާލޭގެ ގެސްޓުހައުސްއެއް ބަަލައިފާސްކޮށްފައި ކަމަށެވެ. އެ ގެސްޓުހައުސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ;

  1. ތޯހިދުލް އިސްލާމް (35އ)
  2. މޮނީރް ބެޕާރީ (37)
  3. ޖަކިރް މުންޝި (46އ)
  4. އެމް.ޑީ އަބު ޒަބެރް ޕްރަމަނިކު (37އ)
  5. އެމް.ޑީ އުސްމާން (23އ)
  6. މޮހައްމަދު ބަބްލޫ އަލީ (34އ)
  7. އެމް.ޑީ ރައިހާން (32އ)
  8. އަފްރަނުލް ހޮގް އާޝިކު (34އ)
  9. މުޙައްމަދު ރަކިބް ހޮސެއިން (30އ)

މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، ޑީޕޯޓްކޮށްދިނުމަށް އެދި އެންމެން ވެސް މިހާރު މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައި ވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d