logo

އަންނަ އަހަރުގެ މެއި މަހަށް ބިދޭސީންގެ މައްސަލަ މުޅިން ހައްލުކުރެވޭނެ: އިހުސާން

ސައިފުﷲ އަލީ

27 ސެޕްޓެމްބަރު 2026 - 19:08
އަންނަ އަހަރުގެ މެއި މަހަށް ބިދޭސީންގެ މައްސަލަ މުޅިން ހައްލުކުރެވޭނެ: އިހުސާން

SHARE

އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ރާއްޖޭގައި ތިބި ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރެވޭނެ ކަމުގެ ޔަގީންކަން ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ދެއްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ވަޒީރު މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބޭއްވި "އަހާ ފޯރަމް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިހްސާން ވިދާޅުވީ 295،000 ބިދޭސީންގެ ތެރެއިން މިދިޔަ ސަރުކާރަށް ފިންގަޕްރިންޓާއި ފޮޓޯ ނެގުނީ އެންމެ 22،000 މީހުންގެ ކަމަށެވެ.

"މާނައަކީ ބާކީ ތިބި 270،000 މީހުންނަކީ އެއިރުގެ ދައުލަތަށް ދެން ފެނުނީމަ ނޭނގޭނެ މީހުން. ފިޒިކަލީ އެ މީހާ އައިޑީ ނެތި ފެނިއްޖެއްޔާމުން އެ މީހާ އައިޑީ ކުރާނެ ގޮތެއް ދައުލަތް ތެރޭގައި ނެތް މީހުން،" އިހްސާން ވިދާޅުވިއެވެ.

މި ސަރުކާރުން ކުރި މަސައްކަތުން މިހާތަނަށް 263،000 ބިދޭސީންގެ މައުލޫމާތު ޔަގީންކުރެވި، ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން 95 އިންސައްތަ މީހުންގެ ބަޔޯމެޓްރިކްސް ނަގާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަނެއް %4 މީހުން މިވަގުތު ރާއްޖެއަކު ނެތް. ބާކީ މިއަދު ނަގަން މި ޖެހެނީ %1. މި ދައްކަނީ %90 އޮޅުންބޮޅުން އަރާފައި އޮތް އެއްޗެއް މި ހައްލު ކުރަނީ %1 ގެ ތްރެސްހޯލްއަކަށް. މިއީ މުޅި ދުނިޔެއަށް ބަލާއިރު، ސިންގަޕޫރާއި، އަޅުގަނޑުމެންނާއި، ޔޫއޭއީ މި އޮތީ %1 ތްރެސްހޯލްގައި ބިދޭސީންގެ ބަޔޮމެޓްރިކަލީ އައިޑެންޓިފައި ކުރެވޭ ގައުމެއްގެ ގޮތުގައި،" އިހްސާން ވިދާޅުވިއެވެ.

ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި އިމިގްރޭޝަނާއި، ފޮރިން ލޭބާ ޑިޕާޓްމަންޓާއި ކައުންސިލްތައް ގުޅިގެން ކުރި މަސައްކަތުން ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. މިހާރު ފަށާފައިވާ ދެވަނަ ފިޔަވަހީގެ ދަށުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި، ވިސާ ފީ ނުދައްކާ އުޅޭ މީހުން ހޯދައި ފިޔަވަޅު އަޅާނެއެވެ.

ބިދޭސީ އާބާދީ ބޮޑެތި ސަރަހައްދުތަކުގައި ހާއްސަ އޮޕަރޭޝަންތައް ކުރިއަށްދާނެ ކަމަށް ވަޒީރު އިހުސާން ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ މެއި މަހާ ހަމައަށް މުޅި އޮޕަރޭޝަން ނިންމާލައި، ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d