ރާއްޖޭގެ އިގުތިސޯދީ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަން ބޭރުގެ ތިން މަސް ބޯޓެއް ސިފައިން އަތުލައިގަނެފި
ސައިފުﷲ އަލީ
.png&w=3840&q=75)
SHARE
ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެންޑީއެފް އެއާ ކޯ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަނެފިއެވެ.

މި ތިން މަސް ބޯޓު އަތުލައިގަނެފައި ވަނީ އަރިއަތޮޅުގެ ހުޅަނގުން ގާތްގަނޑަކަށް 170 ނޯޓިކަލް މޭލު ބޭރުންނެވެ. ސިފައިންގެ މި ހާއްސަ އޮޕަރޭޝަން ހިންގާފައި ވަނީ ރޭގެ ވަގުތެއްގައެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި މި ބޯޓުތައް މިހާރު ދަނީ ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، މިއީ ކޮން ގައުމަކަށް ނިސްބަތްވާ ބޯޓުތަކެއް ކަމެއް ކަމާބެހޭ އިދާރާތަކުން އަދި ހާމައެއް ނުކުރެއެވެ.
ރާއްޖޭގެ ބިޔަ އިގުތިސޯދީ ސަރަހައްދަކީ ގަވާއިދާ ހިލާފަށް ބޭރުގެ ބޯޓުފަހަރު ވަގަށް މަސް ބޭނުމަށް އަބަދުވެސް ވަންނަ ސަރަހައްދެކެވެ. މީގެ އިތުރުން މަސް ބޯޓުގެ ނަމުގައި މަސްތުވާތަކެތި އުފުލާ ބޯޓުފަހަރު ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަކަން އިދާރާތަކުން މީގެ ކުރިން ފާހަގަކޮށްފައިވެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ފުރިހަމައަށް ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި އެމްއެންޑީއެފް އެއާ ކޯ އުފައްދައި، ޑްރޯން ބޭނުންކުރަން ވަނީ ފަށާފައެވެ. މި ވަސީލަތްތަކާއެކު ރާއްޖޭގެ ކަނޑުގެ އިގުތިސޯދީ ސަރަހައްދު ބެލެހެއްޓުމުގެ އޮޕަރޭޝަންތައް ވަނީ ކުރިއަށްވުރެ ހަރުދަނާކޮށްފައެވެ.


