logo

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގާނޫނާ ހިލާފަށް ވަދެ އުޅުނު ބޯޓެއް ހިފަހައްޓައިފި

އައިޝަތު ހިދާޔާ

1 އޮކްޓޯބަރު 2026 - 07:01
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގާނޫނާ ހިލާފަށް ވަދެ އުޅުނު ބޯޓެއް ހިފަހައްޓައިފި

SHARE

ރާއްޖޭގެ ކަނޑެ ސަރަހައްދަށް ގާނޫނާ ހިލާފަށް ވަދެ އުޅުނު ބޭރު ބޯޓެއް އިއްޔެ އެމްއެންޑީއެފުން ހިފަހައްޓައިފިއެވެ .

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެމްއެންޑީއެފުން ބުނީ, އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ރާއްޖޭގެ ހާއްސަ އިޤްތިސާދީ ސަރަހައްދުގައި ޤާނޫނާހިލާފަށް ހަރަކާތްތެރިވަމުން ދިޔަ ބޭރުގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީނުގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށެވެ.

މި ބޯޓުގައި ހަތް މީހުން ތިބިކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި ބޯޓު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ހއ.ތުރާކުނުގެ ހުޅަނގުއުތުރުން 46 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ, މި ބޯޓު ހދ.ކުޅުދުއްފުށްޓަށް ގެނެއުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.

މިފަދައިން ރާއްޖޭގެ ކަނޑު ސަަހައްދުގައި ހަރަކާތްތެރިވާ ނުވަތަ މަސްބާނާ ބޯޓުތައް އެމްއެންޑީއެފުން އަތުލައިގަނެވެ. މިފަދަ ބޯޓުތައް ބޮޑެތި އަދަދުތަކުން މީގެކުރިން ޖޫރިމަނާ ވެސް ކޮށްފައި ވެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d