logo

352 ޒުވާނުންނާއެކު ވަތަނީ ޚިދުމަތުގެ ހަތަރުވަނަ ބެޗު ފަށައިފި

އައިޝަތު ހިދާޔާ

24 އޮކްޓޯބަރު 2026 - 06:02
 352 ޒުވާނުންނާއެކު ވަތަނީ ޚިދުމަތުގެ ހަތަރުވަނަ ބެޗު ފަށައިފި

SHARE

ޖުމުލަ 352 ޒުވާނުންނާއެކު ވަތަނީ ޚިުދމަތުގެ ހަތަރވަނަ ބެޗު މިއަދު ޅ. މާފިލާފުށީ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި ފަށައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިކަމަށްޓަކައި މާފިލާފުށިގައި މިއަދު ވަނީ ރަސްމިއްޔާތެއް ވެސް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޕްރޮގްރާމް އިފުތިތާހުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއެވެ. އަދި ހާއްސަމެހުމާނެއްގެ ގޮތުގައި، މިނިސްޓާ އޮފް ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، ޢަބްދުﷲ ރާފިއު ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ 14 ހަފުތާގެ މުއްދަތަށް ކުރިއަށްދާ ތަމްރީނެކެވެ. ތަމްރީނުގައި ބައިވެރިވި ޒުވާނުންގެ ތެރޭގައި ރާއްޖޭގެ 20 އަތޮޅުގެ 125 ރަށަކަށް ނިސްބަތްވާ 288 ފިރިހެން ދަރިވަރުންނާއި 64 އަންހެން ދަރިވަރުން ހިމެނެއެވެ.

މި ދަރިވަރުން މާފިލާފުއްޓަށް ރިޕޯޓްކޮށްފައިވަނީ އޮކްޓޫބަރު 13 ވަނަ ދުވަހުއެވެ.

އެމްއެންޑީއެފުން ބުނީ, މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ޒުވާނުން ބާރުވެރިކުރުވައި، މަސައްކަތުގެ އަހުލާގާއި ހުނަރު ދަސްކޮށްދިނުން ކަމަށެވެ. މި ތަމްރީނުގައި، ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތު ކަމާއި، ދީނީ ތައުލީމާއި، ލީޑަޝިޕް، އަދި ލޭންގުއޭޖް ޕްރޮފިޝެންސީ އުނގަންނައިދޭނެކަމަށް އެމްއެންޑީއެފުން ބުންޏެވެ. މީގެއިތުރުން ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީނުތައް މި ޕްރޮގްރާމުގައި ހިމެނޭ އިރު، އަހްލާގާއި ސުލޫކު ހަރުދަނާކޮށް ކުރިއެރުވުމަށް އަމާޒުކޮށް ހެވިކަމުގެ ތަމްރީނު ޙަރަކާތްތައް ކުރިއަށް ގެންދާންކމަަށް އެމްއެންޑީއެފުން ބުންޏެވެ.

ހަމައެއާއެކު، ފަސްޓް އެއިޑާއި ފަޔާ ފައިޓިންގ އަދި ސެލްފް ޑިފެންސްގެ އިތުރުން ކޭމްޕް ޙަރަކާތްތައް ވެސް މި ޕްރޮގްރާމުގައި ދަސްކޮށްދޭނެއެވެ. އަދި އަސްކަރީ ތަމްރީނުގެ ޙަރަކާތް ތަޢާރަފުކޮށްދިނުން ވެސް މި ތަމްރީނުގައި ހިމެނިފައިވެއެވެ. މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް 'ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރިކަމުގެ ސެޓްފިކެޓް' ދޭނެއެވެ.

މި ކޯހުގެ މުގައްރަރުގައި ކަނޑައަޅާފައިވާ ހުރިހާ މިންގަނޑުތަކެއް ހާސިލުކޮށް ފާސްވާ ދަރިވަރުންނަށް 'ސެޓްފިކެޓް 3 އިން ސިވިލް އެޑިއެކޭޝަން އެންޑް ލީޑަރޝިޕް'ގެ ސެޓްފިކެޓް ދޭނެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d