logo
World Cup 2026

އެސްޓީއޯއިން ހިއްސާ އަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި

އެސްޓީއޯއިން ހިއްސާ އަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން --

SHARE

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެކުންފުނީގެ ހިއްސާދާރުންނަށް ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފިއެވެ. ދުސިތު ޑީ2، ފޭދޫ ފިނޮޅުގައި މިހާރު ކުރިއަށްދާ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އެގޮތަށް ފާސްކުރީ ނެގި ވޯޓުގައި ބައިވެރިވި ހިއްސާދާރުންގެ ތެރެއިން 99.9 ޕަސެންޓު ވޯޓުންނެވެ. މި ޖަލްސާގައި އެ ކުންފުނީގެ 263 ހިއްސާދާރުން ބައިވެރިވިއެވެ. މިދިޔަ ދެ އަހަރު ވެސް އެ ކުންފުނީގެ ހިއްސާދާރުންނަށް ޑިވިޑެންޑުގެ ގޮތުގައި ބަހާފައިވަނީ 80 ރުފިޔާއެވެ. ކުންފުނީގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރެއްގެ ގޮތުގައި އިންތިހާބުކޮށްފައިވަނީ މުހައްމަދު އަހްސަން ސަލީމެވެ. އޭނާ ވަނީ މިދިޔަ ދެ ދައުރުގައި ވެސް އެ ގޮނޑި ފުރުއްވާފައެވެ. އޭނާ އިންތިހާބުކޮށްފައިވަނީ 78.87 ޕަސެންޓު ވޯޓާ އެކުއެވެ. މި އަހަރަށް ކުންފުނީގެ އޮޑިޓަރަކަށް އައްޔަނުކޮށްފައިވަނީ އާނެސްޓް އެންޑް ޔަންގްއެވެ. މިރޭގެ ޖަލްސާގައި އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު އިއްވަވަމުން މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިމާދު ވަނީ މިއީ އެ ކުންފުނި ސްޓޮކް އެކްސްޗޭންޖްގައި ލިސްޓު ކުރިތާ 25 އަހަރު ފުރުމާ އަހަރުކަން ފާހަގަކުރައްވާފައެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ޝިމާދު ވިދާޅުވީ މިދިޔަ އަހަރު އެސްޓީއޯ އަށް ޖުމްލަ 15.55 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިފައިވާ ކަމަށެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު އެއް ޕަސެންޓުގެ ކުރިއެރުމެކެވެ.

undefinedއެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިމާދު ވާހަކަ މދައްކަވަނީ

މިދިޔަ އަހަރު އެ ކުންފުނީގެ ގްރޮސް ޕްރޮފިޓް ހުރީ 2.4 ބިލިއަންގައެވެ. އޭގެ ތެރެއިން ސާފު ފައިދާގެ ގޮތުގައި ލިބުނީ 763 މިލިއަން ރުފިޔާއެވެ. މި ދެ ހިސާބުން ވެސް ތިން އިންސައްތައިގެ ކުރިއެރުމެއް ވަނީ ލިބިފައެވެ.

ވަކިވަކި ދާއިރާތަކަށް ބަލާއިރު ތެލާއި ޝިޕިން ފިޔަވާ އެހެން ހުރިހާ ދާއިރާއަކުން ވެސް އާމްދަނީ ވަނީ އިތުރު ވެފަ އެވެ.

އެމްޑީ ޝިމާދު ވިދާޅުވީ ޝިޕިން މަދުވީ މިދިޔަ އަހަރު ކޮޅުނބަށް ކުރި ދަތުރުތައް މަދުވުމުން ކަމަށެވެ. ނަމަވެސް، މިއަހަރު ދަތުރުތައް އެކަށިީގެންވާ މިންވަރަކަށް ކުރެވެމުންދާތީ، އެ ދާއިރާގެ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެެވެ.

އޭނާ ވިދާޅުވީ ތެލުގެ އާމްދަނީ ދަށްވި ދުނިޔޭގެ ބާޒާރުގައި ޑީސަލްގެ އަގު މަތިވި އިރު ވެސް، ރާއްޖޭގެ ބާޒާރުގައި އަގު ހިފެހެއްޓުމުންކަމަށެވެ. އެގޮތުން، މިދިޔަ އަހަރު ޖުމްލަ ތެޔޮ ވިއްކި އަދަދު އިތުރު ވެފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި އޭނާ ވަނީ އެސްޓީއޯގެ އާ ސްޓްރެޓިޖިކް ޕްލޭން "އިވޯލްވް"ގެ އުސްއަލިތަކަށް ވެސް އޭނާ އަލިއަޅުވާލެއްވިއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d