logo

ފްލޮޓިއްލާއަށް އިޒްރޭލުން ދިން ޙަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

ފްލޮޓިއްލާއަށް އިޒްރޭލުން ދިން ޙަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

SHARE

ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރާ އިންސާނީ ކާރިސާއަށް އެހީތެރިކަން ފޯރުކޮށްދޭ "ގްލޯބަލް ސުމޫދު ފްލޮޓިލާ" އަށް އިޒްރޭލުން ދިން ހަމަލާތައް ރާއްޖެ ހިމެނޭހެން 10 ގައުމެއްގެ ޚާރިޖީ ވަޒީރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

10 ގައުމެއްގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބައިވެރިވެފައިވަނީ ރާއްޖޭގެ އިތުރުން ބްރެޒިލް، އުރުދުން، ޕާކިސްތާން، ސްޕެއިން، ބަންގްލަދޭޝް، ކޮލަމްބިއާ، އިންޑޮނޭޝިއާ، ތުރުކީ އަދި ލީބިޔާގެ ޚާރިޖީ ވަޒީރުންނެވެ. ވަޒީރުން ފާހަގަކުރެއްވި ގޮތުގައި މިއީ ސުލްހަވެރިކަމާއެކު އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއެޅުމަށް އިސްރާއީލުން ހިންގާ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަމަލެކެވެ.

ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ މަދަނީ އުޅަނދުފަހަރަށާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އެކްޓިވިސްޓުންނަށް އަމާޒުކޮށް އިޒްރޭލުން ދެމުންދާ ހަމަލާތަކާއި، އެ މީހުން ހިފަހައްޓައި ބަންދުކުރުމަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއް ކަމަށް ވަޒީރުން ފާހަގަކުރެއްވިއެވެ. އަދި މިފަދަ އަމަލުތައް ތަކުރާރުވަމުންދާތީ އެކަމާ މެދު ވަނީ ބޮޑު ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ހަރަކާތުގައި ބައިވެރިވާ މަދަނީ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ސީރިއަސް ކަންބޮޑުވުން ފާޅުކުރައްވައި، ހައްޔަރުކޮށްފައިވާ ހުރިހާ އެކްޓިވިސްޓުން ވަގުތުން މިނިވަންކުރުމަށް ވަޒީރުން ވަނީ ގޮވާލައްވާފައެވެ. އަދި އެ ފަރާތްތަކުގެ ހައްގުތަކަށާއި ކަރާމާތަށް ފުރިހަމައަށް އިހުތިރާމް ކުރުމަށްވެސް ވަނީ ބާރުއަޅުއްވާފައެވެ.

ވަޒީރުން އިތުރަށް ވިދާޅުވީ، ސުލްހަވެރި އިންސާނީ ހަރަކާތްތަކަށް ތަކުރާރުކޮށް ހަމަލާދިނުމުން ދޭހަވަނީ ބައިނަލްއަގުވާމީ ގާނޫނުތަކަށާއި ކަނޑުދަތުރުފަތުރުގެ މިނިވަންކަމަށް އިޒްރޭލުން އިހުތިރާމް ނުކުރާ މިންވަރު ކަމަށެވެ. އެހެންކަމުން، ބައިނަލްއަގުވާމީ މުޖުތަމައުން ގާނޫނީ އަދި އަޚުލާގީ ޒިންމާ އަދާކޮށް، މަދަނީންނާއި އިންސާނީ އެހީގެ މިޝަންތައް ރައްކާތެރިކުރުމަށް ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން، މިފަދަ ގާނޫނާ ޚިލާފު އަމަލުތައް ހިންގާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށާއި، އިންސާފު ގާއިމުކުރުމަށްޓަކައި އަމަލީ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް 10 ގައުމުގެ ޚާރިޖީ ވަޒީރުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d