logo

ކުރިޔަށް އޮތީ ފެން އީދެއް، ސަމާލުވާން އިލްތިމާސްކޮށްފި

މިރާޝް މޫސާ

20 މޭ 2026 - 08:09
ކުރިޔަށް އޮތީ ފެން އީދެއް، ސަމާލުވާން އިލްތިމާސްކޮށްފި

SHARE

އީދު ބަންދުގައި ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަވެ، މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، އަންނަ ހުކުރު ދުވަހު ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ކަނޑު ގަދަވާނެ ކަމަށާއި، އެހެން ނަމަވެސް ހޮނިހިރު ދުވަހުން ފެށިގެން ކަނޑުދަތުރުފަތުރު ކުރެވޭނެ ވަރަށް ކަނޑުތައް މަޑުވާނެ ކަމަށެވެ.

އެހެން ނަމަވެސް އީދު ބަންދުގައި ކަނޑުތައް ގަދަވެ، މެދު ރާއްޖޭގެ ރަށްތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ. އެހެންކަމުން އެ މުއްދަތުގައި ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.

މި އަހަރުގެ އަޟްހާ އީދުވާނެ ކަމަށް ބެލެވެނީ މި އަންނަ ބުދަ ދުވަހަށެވެ. އެ ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އީދުގެ ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d