logo

ހަ މަރާ ގުޅިފައިވާ ހޮހޮޅައިގެ ފުރަތަމަ ފޮޓޯތައް: ފެންނަނީ އެ މާހައުލުގެ ނުރައްކާތެރިކަން

ސައިފުﷲ އަލީ

22 މޭ 2026 - 14:17
ހަ މަރާ ގުޅިފައިވާ ހޮހޮޅައިގެ ފުރަތަމަ ފޮޓޯތައް: ފެންނަނީ އެ މާހައުލުގެ ނުރައްކާތެރިކަން

އިޓަލީގެ ފަސް ފަތުރުވެރިން މަރުވި ހޮހޮޮޅައިގެ އެތެރެއަށް ޑޭން ޔޫރަޕްގެ ޑައިވަރުން ފީނަނީ

SHARE

ވ އަތޮޅު އަލިމަތާ ކައިރިން ޑައިވިނަށް ގޮސް އުޅެނިކޮށް ކަނޑުއަޑީގެ ހޮހޮޅައެއްގައި ތާށިވެގެން އިޓަލީގެ ފަސް ޑައިވަރުން މަރުވި ހިތާމަވެރި ހާދިސާ ހިނގި ސަރަހައްދުގެ ފޮޓޯތަކެއް ޑޭން ޔޫރަޕް ރެސްކިއު ޓީމުން ފުރަތަމަ ފަހަރަށް އާންމުކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ހާދިސާ ހިނގި ހޮހޮޅައިގެ ވަންނަ ދޮރު ފެންނަ ގޮތަށް ޖުމްލަ ތިން ފޮޓޯއެއް އާންމުކޮށްފައިވާއިރު، އެ ޓީމުން ބުނީ ހޮހޮޅައިގެ އެތެރެއަށް ވަންނަ ވަރަކަށް ވިިިޒިބިލިޓީ ދަށްވެ، ކަނޑުގެ އަނދިރިކަން ގަދަވާ ކަމަށެވެ.

އެ ފޮޓޯތަކުން ހޮހޮޅައިގެ އަނދިރި، އަދި ޖާގަ ކުޑަ މާހައުލު ފެނެއެވެ. އަދި ހޮހޮޅައިގެ ދޮރާއި، ހޮހޮޅައިގެ އެތެރޭގެ ބައެއް ބައިތަށް ވެސް ފެނެއެވެ. އޭގެ ތެރެެއިން އެއް ފޮޓޯއިން ހޮހޮޅައިގެ އެތެރެ ވަރަށް ބޮޑަށް ކިލަނބުވެފައިވާތަން ވެސް ފެނެއެވެ.

undefinedއިޓަލީގެ ފަސް ފަތުރުވެރިން މަރުވި ހޮހޮޮޅައިގެ އެތެރެއަށް ޑޭން ޔޫރަޕްގެ ޑައިވަރުން ފީނަނީ

ޑޭން ޔޫރަޕުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޖަމިއްޔާގެ އިރުޝާދުގެ ދަށުން ފިންލޭންޑްގެ މާހިރުންގެ ޓީމާއި، އެމްއެންޑީއެފް ކޯސްޓްގާޑް، ފުލުހުންގެ ޑައިވިން ޔުނިޓް އަދި ރާއްޖޭގައި ހުންނަ އިޓަލީގެ ކަމާބެހޭ އިދާރާތައް ގުޅިގެން އެންމެ ފަހުގެ ޑައިވް އިއްޔެ ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން ހާދިސާގެ ތަހުގީގަށް ބޭނުންވާނެ މުހިންމު ހެކިތަކާއި ބައެއް ތަކެތި ހޮހޮޅައިގެ ތެރެއިން ނަގައި، ދިވެހި ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާކަމަށް ވެސް ބަޔާނުގައިވެއެވެ.

undefinedއިޓަލީގެ ފަސް ފަތުރުވެރިން މަރުވި ހޮހޮޮޅައިގެ އެތެރެއަށް ޑޭން ޔޫރަޕްގެ ޑައިވަރުން ފީނަނީ

މި ހާދިސާގައި މަރުވެފައިވަނީ ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން (51އ) އާއި، އޭނާގެ އަންހެން ދަރިފުޅު ޖޯޖިއާ ސޮމާކަލް (20އ) ގެ އިތުރުން އެ ޔުނިވަސިޓީގެ ދިރާސާވެރިން ކަމަށްވާ މިއުރިއަލް އޮޑެނީނޯ (31އ) އަދި ފެޑެރިކޯ ގުއަލްޓިއޭރީ (31އ) އެވެ. އަދި އެމީހުންނާއެކު ދިޔަ ޑައިވިން އިންސްޓްރަކްޓަރު ގިއަންލޫކާ ބެނެޑެޓީ (41އ) ވެސް ވަނީ މަރުވެފައެވެ.

މި ހާދިސާގެ ހިތާމަވެރިކަން އިތުރުވީ، މަރުވި ފަރާތްތަކުގެ ހަށިތައް ކަނޑުއަޑިން ނެގުމަށް ހިންގި ނުރައްކާތެރި ރިކަވަރީ އޮޕަރޭޝަނުގެ ތެރޭގައި އެމްއެންޑީއެފްގެ ކެރޭ ސިފައިންގެ ބޭކަލެއް ކަމަށްވާ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ ފުރާނަވެސް ގެއްލުމުނެންނެވެ.

ޑޭން ޔޫރަޕްގެ ސީސީއޯ ލޯރާ މަރޯނީ އިޓަލީގެ ނޫހަކަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުން، ޑައިވަރުން މަރުވާން މެދުވެރިވި ސަބަބެއް ކަމަށް ލަފާކުރެވެނީ ހޮހޮޅައިގެ ދެވަނަ ބައިގެ ތެރެއިން ނުކުތުމުގެ ތެރެއިން މަގު އޮޅި، ކޮޅު ބެދިފައިވާ ބަޔަކަށް ވަދެވިގެންނެވެ. އެ ހާލަތުގައި އެ މީހުންނަށް ސަލާމަތްވުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް އޭނާ ވިދާޅުުވިއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d