logo

އަމީރުލް ހައްޖު، ދިވެހި ހާޖިންނާ ބައްދަލުކުރައްވައިފި

އަމީރުލް ހައްޖު، ދިވެހި ހާޖިންނާ ބައްދަލުކުރައްވައިފި

SHARE

މި އަހަރުގެ ޙައްޖުވެރިންގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ދިވެހި ޙައްޖުވެރިންނާ ބައްދަލުކުރައްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އަމީރުލް ޙައްޖުގެ ގޮތުގައި ވަޑައިގެން އުޅުއްވާ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ޙައްޖުވެރިންނާ ވަކިވަކިން ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ކަންކަން އޮޅުންފިލުއްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޙައްޖުވެރިންގެ އެއްވެސް ކަންބޮޑުވުމެއް ނުވަތަ ދައްޗެއް އޮތްތޯ ވަޒީރު ވަނީ ސުވާލުކުރައްވައި، ޙާލު ބައްލަވާފައެވެ. މި އަހަރުގެ ޙައްޖު ދަތުރުގައި އިސް ޝެއިޚެއްގެ ގޮތުގައި ވަޑައިގެންނެވީ ޑރ. އިލްޔާސް ޙުސައިންނެވެ.

އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާނެ ބޭފުޅަކު ކަނޑައަޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވާއިރު، މިދިޔަ އަހަރު މި މަޤާމުގައި ރާއްޖެއިން ވަޑައިގެންނެވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ. މިއަހަރު ރާއްޖެއިން ޖުމްލަ 1,000 މީހުން ޙައްޖުގެ އަޅުކަމަށް ފުރާފައިވާއިރު، ފުރަތަމަ ގްރޫޕް ފުރާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

މި އަހަރުގެ ޙައްޖުވެރިން އުފުލުމުގައި ބޭނުންކޮށްފައިވަނީ މޯލްޑިވިއަންގެ ދެ ފްލައިޓާއި ސައުދީ އެއާލައިންގެ ދެ ފްލައިޓެވެ. ޙައްޖުވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ޙައްޖު ކޯޕަރޭޝަނުން ވަނީ ޚާއްޞަ އިންތިޒާމްތަކެއް ހަމަޖައްސާފައެވެ.

އެގޮތުން މިފަހަރުވެސް ޙައްޖުވެރިންނަށް "މައްކާ ރޫޓު" ގެ ޚިދުމަތް ލިބޭއިރު، މި ޚިދުމަތުގެ ސަބަބުން ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. މިއީ ޙައްޖުވެރިންގެ ދަތުރުގެ ކަންކަން ވީހާވެސް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d