logo

މަޖިލީހުގެ ޖަލްސާތައް ހަފުތާއަކަށް މެދުކަނޑާލައިފި

މަޖިލީހުގެ ޖަލްސާތައް ހަފުތާއަކަށް މެދުކަނޑާލައިފި

ރައްޔިތުންގެ މަޖިލިސް --

SHARE

މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފެށުމަށްފަހު، ކުރިއަށް އޮތް ހަފުތާއަށް މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ އިއްޔެއެވެ. އެ ޖަލްސާގެ އެޖެންޑާގައި އޮތް ހަމައެކަނި ކަމަކީ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމެވެ. އެގޮތުން އެ މަސައްކަތަށް ބޭނުންވާ ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލައި، މެންބަރުންގެ މެދުގައި ވޯޓު ނެގުން ކުރިއަށް ގެންގޮސްފައިވެއެވެ.

މި ވޯޓުން މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އިންތިޚާބުވެވަޑައިގަތީ އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު ސަލީމެވެ.

އެ މަސައްކަތް ނިންމަވާލެއްވުމަށްފަހު ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އިޢުލާން ކުރެއްވީ މަޖިލީހުގެ ދެން އޮންނަ ޖަލްސާއެއް އޮންނާނީ އަންނަ ހޯމަ ދުވަހު ކަމަށެވެ.

އެހެންކަމުން، އިއްޔެގެ ޖަލްސާއަށްފަހު މަޖިލީހުގެ މަސައްކަތްތައް މިވަނީ ހަފުތާއަކަށް މެދުކަނޑާލާފައެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން، މި އަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d