logo

131 ބަނގުރާ ފުޅިއާއި 195 ބިޔަރު ދަޅު ނައްތާލައިފި

131 ބަނގުރާ ފުޅިއާއި 195 ބިޔަރު ދަޅު ނައްތާލައިފި

SHARE

ދ. ކުޑަހުވަދޫ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ފުޅިއާއި ބިޔަރު ދަޅު އިއްޔެ ނައްތާލައިފިއެވެ. ފުލުހުން ހާމަކުރި ގޮތުގައި މި ހަރަކާތުގައި ޖުމްލަ 131 ބަނގުރާ ފުޅި އާއި 195 ބިޔަރު ދަޅު ވަނީ ނައްތާލާފައެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ތަކެއްޗަކީ 2023 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ދާލު އެއާޕޯޓުން ފުރަން ދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީން ހިފަހައްޓައި، ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުންނެވެ. އެގޮތުން މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެކަމަށްޓަކައި ހާއްސަކޮށް އެކުލަވައިލި ކޮމިޓީއެއްގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d