logo

މަސްމާރުކޭޓު ސަރަހައްދުގައި މާރާމާރީ ހިންގުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

އައިޝަތު ހިދާޔާ

20 އޯގަސްޓު 2026 - 05:41
މަސްމާރުކޭޓު ސަރަހައްދުގައި މާރާމާރީ ހިންގުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

SHARE

މާލޭ މަސްމާރުކޭޓު ސަރަހައްދުގައި ރޭ މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ފުލުހުން ބުނީ, މި ހާދިސާ ރިޕޯޓުކޮސްފައި ވަނީ ރޭ 22:08 ހާއިރު ކަމަސެވެ. މި ހާދިސާގައި ހައްޔަރުކޮށްފައި ވަނީ ދިވެހި ފިރިހެނެކެވެ. އަދި މި މާރާމާރީގައި އަނިޔާވެފައި ވަނީ ވެސް ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުންޏެވެ.

އޭނާއަށް އއައިޖީއެމްއެޗުގައި ފަރުވާދެމުންދިޔަ ނަމަވެސް, އޭނަގެ ހާލު ސީރިއަސް ނޫންކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏ<ެވެ.

މި މާރާމާރީގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެައެވެ. ތުހުމަތު ކުރެވޭ މީހަކު ފުލުހުންގެ ކާރަށް އަރުވާ މަންޒަރު ވީޑިއޯގައި ފެންނައިރު, އޭނާ ލައިގެން ހުރި ގަމީސް އިރައިގެންގޮސް, އޭނާގެ ގައިގައި ލޭ ހުރި މަންޒަރު ވީޑިއޯއިން ފެނެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d