logo

ބޮޑުރަސްގެފާނު މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިންގައި ފުލުހަކަށް އަނިޔާވެއްޖެ

ސައިފުﷲ އަލީ

15 އޯގަސްޓު 2026 - 17:00
ބޮޑުރަސްގެފާނު މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިންގައި ފުލުހަކަށް އަނިޔާވެއްޖެ

SHARE

މާލޭގެ ބޮޑުރަސްގެފާނު މަގުގައި ހުރި ގެއެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިންގައި އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިރޭ 20:41 އެހައިކަންހާއިރުއެވެ. އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ކުރި މަސައްކަތުން މިހާރު ވަނީ އަލިފާން ކޮންޓްރޯލް ކޮށްފައެވެ.

މި ހާދިސާގައި ހަރަކާތްތެރިވި ފުލުހެއްގެ އަތް ކަނޑައިގެންގޮސް އަނިޔާވުމާ ގުޅިގެން، އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. ނަމަވެސް އެ ފުލުސް މީހާއަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ހާދިސާގައި އިތުރު މީހަކަށް އަނިޔާއެއްވި ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައި ނުވާކަމަށް ފުލުހުން ބުނެއެވެ. އެމްއެންޑީއެފްއިން އާންމުކޮށްފައިވާ ފޮޓޯތަކުން އެނގޭގޮތުގައި އަލިފާން ރޯވި އެޕާޓްމަންޓްގައި ހުރި ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d