logo

ހިތަދޫ އުތުރު ބައި އިލެކްޝަންގެ ވޯޓުލުން ފަށައިފި

ސައިފުﷲ އަލީ

6 ޖޫން 2026 - 03:25
ހިތަދޫ އުތުރު ބައި އިލެކްޝަންގެ ވޯޓުލުން ފަށައިފި

ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ފޮއްޓެއް ގުނުމުގެ މަސައްކަތް ކުރަނީ--

SHARE

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިއަދު 08:00ގައި ވޯޓުލުމަށް ހުޅުވާލި ވޯޓުފޮށިތައް ބަންދުކުރާނީ 16:00ގައެވެ. އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 4121 މީހުންނަށެވެ.

ބައި އިލެކްޝަންގެ ވޯޓުފޮށިތައް ބަހައްޓާފައި ވަނީ އައްޑޫ އާއި މާލޭގައެވެ. އެގޮތުން އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ފަސް ފޮށި އަދި މާލޭ ދަރުމަވަންތަ ސްކޫލުގައި ދެ ފޮށި ވަނީ ބަހަައްޓާފައެވެ.

މި އިންތިހާބުގައި ވާދަ ކުރައްވަނީ، ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ކުރީގެ ކައުންސިލަރު އަހްމަދު ސައީދު (ސޮޑާ) އަދި އިދިކޮޅު އެމްޑީޕީގެ ފަރާތުން އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ޞާދިގު (ސޯބެ) އެވެ.

އެ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ ކުރީގެ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަނީގެ މައްސަލައެއްގައި ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރިމް ކޯޓުން ހުކުމް ކުރުމުންނެވެ.

ޕީއެންސީގެ ޕްރައިމަރީ ކާމިޔާބުކޮށް، ސިނާ ވަނީ އެ ގޮނޑި ދިފާއު ކުރަން ނުކުންނަާފައެވެ. ނަމަވެސް ފަހުން ވަނީ ދާއިރާގެ ރައްޔިތުންގެ މަޝްވަރާގެ މަތިން ކަމަށް ވިދާޅުވެ، ފަހަތަށް ޖެހި، ޕްރައިމަރީގައި އޭނާއާ ވާދަކުރެއްވި ސައީދުއަށް ފުރުސަތު ދެއްވާފަ އެވެ.

ސިނާ އަކީ އެމްޑީޕީ ފިޔަވާ އެހެން ޕާޓީއަކުން އެ ގޮނޑިއަށް ވަޑައިގެންނެވި ފުރަތަމަ މެންބަރެވެ. އޭގެ ކުރިން އެ ގޮނޑި ފުރުއްވީ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި މުހައްމަދު އަސްލަމް އެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d