އެމްޑީޕީގެ މެންބަރުން ބޮޑު ބަދަލަކަށް ބޭނުންވާކަން ސާބިތުވެއްޖެ: ފައްޔާޒް
ފާތިމަތު މިޝްކާ
.jpg&w=3840&q=75)
SHARE
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އިންތިޚާބުގެ ނަތީޖާއިން، އެ ޕާޓީގެ އާންމު މެންބަރުން ބޮޑު ބަދަލަކަށް ބޭނުންވެފައިވާކަން ވަރަށް ސާފުކޮށް ސާބިތުކޮށްދީފި ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން މީސްމީޑިއާގައި އާންމުކުރެއްވި ބަޔާނެއްގައެވެ. ރައީސް ނަޝީދަށާއި ޕާޓީގެ އާންމު މެންބަރުންނަށް މަރުހަބާ ދަންނަވައި، އޭނާ ވަނީ މާތް الله ގެ ވާގިފުޅާއެކު މި އިންތިޚާބުގައި ޕާޓީގެ ރީނދޫ ލަޝްކަރު އަލުން ރުކުރުވާލެވިފައިވާ މަންޒަރު ފެނުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަން ފާހަގަކުރައްވާފައެވެ.
މި ފަހަރުގެ އިންތިޚާބުގައި ރައީސް ނަޝީދާ ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙުމަދު ނަސީމެވެ. މީކާއީލް މި އިންތިޚާބަށް ނުކުމެވަޑައިގެންނެވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފުރިހަމަ ތާއީދާ އެކުގައެވެ. އެހެންނަމަވެސް، އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ރައީސް ނަޝީދު ވަނީ ވަރަށް ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައެވެ.
މެންބަރުން ދެއްވި ވޯޓަކީ ހިތަށް ވީ ތަދުގެ ބަދަލު ހޯދުމަށް ވުރެ ރާއްޖެ އިސްކޮށް ދެއްވި މުހިންމު ވޯޓެއްގެ ގޮތުގައި ފައްޔާޒް ވަނީ ސިފަކުރައްވާފައެވެ. އަދި ޕާޓީގެ މިސްރާބު ކަނޑައަޅައިދޭ، ޕާޓީގެ އަސްލު ވިންދަކީ އާންމު މެންބަރުންކަން މިއަދު ސާބިތުކޮށްދީފި ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، މި ކެމްޕޭނުގައި ބުރަކޮށް މަސައްކަތް ކުރެއްވި މީކާއީލް އަދި އޭނާގެ ކެމްޕޭން ޓީމުން ދެއްކި ހިތްވަރަށް ވެސް ފައްޔާޒް ވަނީ ތައުރީފު ކުރައްވާފައެވެ.
ޗެއާޕާސަންގެ ކެމްޕޭން ނަޝީދު ފެއްޓެވީ ފައްޔާޒާއެކު ބޮޑު ބަދަލުގެ ތަސައްވުރަކާއެކުއެވެ. އޭގައި ވަނީ ގާނޫނުއަސާސީއަށް ގެންނަން ހުށަހަޅާ ބޮޑެތި ބަދަލުތަކުގެ ވާހަކައެވެ.
.jpg&w=3840&q=75)
.jpg&w=3840&q=75)
