އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ބޮޑު ތަފާތަކުން ރައީސް ނަޝީދު ކާމިޔާބު ކުރައްވައިފި
މިރާޝް މޫސާ
.jpg&w=3840&q=75)
SHARE
އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ބޭއްވި އިންތިޚާބުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމާ ވާދަކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބުކުރައްވައިފިއެވެ.

މިހާތަނަށް ނަތީޖާ ސާފުވި 128 ވޯޓު ފޮށީގެ ނަތީޖާއަށް ބަލާއިރު، ރައީސް ނަޝީދަށް 8319 ވޯޓު ލިބިވަޑައިގެންފައިވެއެވެ. އަދި މީކާއީލް އަހްމަދު ނަސީމަށް ލިބިވަޑައިގަތީ 4033 ވޯޓެވެ. އެހެންކަމުން މިއީ 4286 ވޯޓުގެ ބޮޑު ތަފާތެކެވެ. މިއަދު ކުރިއަށްދިޔަ މި އިންތިހާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައާއި ސްރީލަންކާގައި ޖުމްލަ 241 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 50،176 މީހުންނަށް ލިބިފައިވީ ނަމަވެސް، ވޯޓުލާން ނުކުތް މީހުންގެ ސީދާ އަދަދެއް އަދި ކަށަވަރެއް ނުވެއެވެ. ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ފިޔަވައި ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ އެންމެ ބާރުގަދަ މަގާމަށް މީހަކު އިންތިހާބު ކުރުމަށް މިއަދު ބޭއްވީ އެ ޕާޓީގެ ހަވަނަ ޗެއާޕާސަން އިންތިހާބެވެ.
ރާއްޖޭގެ ހުރިހާ ބޮޑެތި އާބާދީތަކުން ވެސް ބޮޑު ތަފާތަކުން ކުރި ހޯއްދެވީ ނަޝީދެވެ.
އެމްޑީޕީގެ އެންމެ ފުރަތަމަ ޗެއާޕާސަންގެ މަގާމުވެސް ފުރުއްވާފައިވަނީ ރައީސް ނަޝީދެވެ. އޭގެ ފަހުން އެ މަގާމު ފުރުއްވާފައިވާ ބޭފުޅުންގެ ތެރޭގައި މާރިޔާ އަހުމަދު ދީދީއާއި، ރީކޯ މޫސާ މަނިކާއި، އަލީ ވަހީދުގެ އިތުރުން ހަސަން ލަތީފް ހިމެނިވަޑައިގަންނަވައެވެ.
.jpg&w=3840&q=75)
.jpg&w=3840&q=75)
