logo

ބަލި ގަބޫލުކުރައްވައި މީކާއީލް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

ފާތިމަތު މިޝްކާ

12 ޖޫން 2026 - 18:29
ބަލި ގަބޫލުކުރައްވައި މީކާއީލް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

SHARE

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އެތެރޭގެ އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބުކުރެއްވުމާ ގުޅިގެން، އެމަނިކުފާނާ ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙުމަދު ނަސީމް ބަލިގަބޫލުކުރައްވައި މަރުހަބާ ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މީކާއީލް މީސްމީޑިއާގައި އާންމުކުރެއްވި މެސެޖެއްގައި މީކާއީލް ވިދާޅުވީ، އިންތިޚާބުގެ ނަތީޖާ ސާފުވުމާއެކު ރައީސް ނަޝީދަށް ފޯނުން ގުޅުއްވައި އެމަނިކުފާނު ހޯއްދެވި ފުރިހަމަ ކާމިޔާބީއަށް މަރުހަބާ ދަންނަވާފައިވާނެ ކަމަށެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި އެމްޑީޕީ ބައިބައިވިޔަނުދީ އެކަތިގަނޑެއްގެ ގޮތުގައި ބޭއްވުމަށް ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް އާ އަޒުމެއްގައި މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ޕާޓީގެ އާންމު މެންބަރުންނަށް މީކާއީލް ވަނީ އަރުވާފައެވެ.

މީކާއީލް ޗެއާޕާސަން ކަމަށް ވާދަކުރެއްވީ ކުރީގެ އިބްރާހީމް މުހައްމަދު ސޯލިހުގެ ތާއީދާއެކުއެވެ. ސޯލިހު މިއަދު ވިދާޅުވެފައި ވަނީ އިންތިޚާބުގެ ނަތީޖާ ކޮންމެގޮތަކަށް އަޔަސް ޕާޓީއާއެކު ދެމިހުންނަވާނެ ކަމަށެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d