logo

ދ. މީދުއަށް ރައީސަކު ހޮވަން އަލުން ވޯޓުލުން ފަށައިފި

މިރާޝް މޫސާ

13 ޖޫން 2026 - 03:29
ދ. މީދުއަށް ރައީސަކު ހޮވަން އަލުން ވޯޓުލުން ފަށައިފި

SHARE

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓު އެއްވަރުވުމާ ގުޅިގެން، ދެ. މީދޫ ކައުންސިލަށް ރައީސަކު އިންތިޚާބު ކުރުމަށްޓަކައި އަލުން ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފަށައިފި އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މީދޫގައި ބަހައްޓާފައިވާ ދެ ފޮށީގެ އިތުރުން މާލޭގެ ދަރުމަވަންތަ ސްކޫލުގައި ވެސް މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާއިރު، ޖުމްލަ 1،049 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. މި އިންތިޚާބުގައި ވާދަކުރައްވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދާއި ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމެވެ. ނިމިދިޔަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެންމެ ފުރަތަމަ އިއުލާނުކުރިއިރު، 393 ވޯޓާއެކު އެއް ވޯޓުގެ ތަފާތުން ކުރީގައި އޮތީ ސުހާއެވެ. އަދި އޭރު ޝާހިދަށް ލިބުނީ 392 ވޯޓެވެ. ނަމަވެސް، ލ. ފޮނަދޫ ފޮއްޓަށް ވޯޓުލުމުގެ ހައްގު ނެތް މީހަކު ވޯޓުލީ މައްސަލައެއް އެމްޑީއޭ އިން ހުށަހެޅިއިރު، ސުހާގެ ފަރާތުން ވެސް ވަނީ ޝާހިދުގެ ބާތިލު ވޯޓެއްގެ މައްސަލަ ޖައްސާފައެވެ.

މި ޝަކުވާތަކަށް ފަހު އީސީން ނަތީޖާ އިސްލާހުކޮށް ޝާހިދު މޮޅުވިކަމަށް ނިންމި ނަމަވެސް، ސުހާގެ ފަރާތުން ވަނީ އޭނާގެ ވޯޓެއް ނުހައްގުން ބާތިލުކުރި ކަމަށް ބުނެ ހައިކޯޓަށް މައްސަލަ ހުށަހަޅާފައެވެ. ހައިކޯޓުން ނިންމީ އީސީން ބާތިލުކުރި ސުހާގެ ވޯޓަކީ ސައްހަ ވޯޓެއް ކަމަށެވެ. އެ ނިންމުމާއެކު ދެ ކެންޑިޑޭޓުންގެ ވޯޓުގެ އަދަދު 392 އިން އެއްވަރުވުމުން، މިއަދު އަލުން އިންތިޚާބު ބާއްވަން ޖެހުނީއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d