logo

ފްލޫ ކްލިނިކުން ހައްޖުވެރިންނަށް ޚިދުމަތްދޭ ވަގުތު އިތުރުކޮށްފި

ފާތިމަތު މިޝްކާ

11 ޖޫން 2026 - 15:53
ފްލޫ ކްލިނިކުން ހައްޖުވެރިންނަށް ޚިދުމަތްދޭ ވަގުތު އިތުރުކޮށްފި

SHARE

މިއަހަރުގެ ޙައްޖުގެ އަޅުކަމަށްފަހު ރާއްޖެ އެނބުރި އައިސްފައިވާ ޙައްޖުވެރިންނަށް ޚާއްސަކޮށްގެން ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ފްލޫ ކްލިނިކްގެ ޚިދުމަތްދޭ ވަގުތުތައް އިތުރުކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް އެ ކްލިނިކުން ޚިދުމަތް ލިބޭނެއެވެ. ޙައްޖުވެރިންނަށް ފަސޭހައިން ޚިދުމަތް ހޯދޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން މި ކްލިނިކް ގާއިމުކޮށްފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގެ މައި ކައުންޓަރާ ދިމާލުގައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ޙައްޖުވެރިންނަށް މުހިންމު އިރުޝާދުތަކެއް ދީފައެވެ. އެގޮތުން، ފްލޫ ކްލިނިކުން ޚިދުމަތް ހޯދުމަށް ދާ ފަރާތްތަކުން މާސްކު އަޅައިގެން ދިޔުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ. އަދި ޙައްޖުން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައުމާއި، ކެއްސުމާއި، ނޭވާލާން އުނދަގޫވުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ނުވަތަ މޭގައި ރިއްސާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.

މިއަހަރު ރާއްޖެއިން ޖުމްލަ 1،019 މީހުން ޙައްޖުގެ އަޅުކަމުގައި ބައިވެރިވެފައިވާއިރު، އެންމެހާ ޙައްޖުވެރިން މިހާރު ވަނީ ރާއްޖެ އައިސްފައެވެ. ޙައްޖުވެރިން އެނބުރި އައުމާ ގުޅިގެން، އެ ފަރާތްތަކުގެ ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d