ބޯހިޔާވަހިކަން ޕޯޓަލްގެ މައްސަލަ ހައްލުކޮށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
މިރާޝް މޫސާ
.jpg&w=3840&q=75)
SHARE
ސަރުކާރުގެ ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅަން ގާއިމްކޮށްފައިވާ ބޯހިޔާވަހިކަން ޕޯޓަލްއަށް ދިމާވި މައްސަލަ ހައްލުކުރުމަށްފަހު ފޯމު ހުށަހެޅުމުގެ މުއްދަތު މިރޭ މެންދަމު ދޭއް ޖެހުމާ ހަމައަށް ހައުސިން މިނިސްޓްރީން އިތުރުކޮށްފިއެވެ.

ޕޯޓަލްގެ ހިދުމަތް މެދުކެނޑިފައިވަނީ ފްލެޓާއި ގޯއްޗަށް އެދި ފޯމް ހުށަހަޅަން ހުޅުވާލި މުއްދަތު މިރޭ ބާރަ ޖަހާއިރު ހަމަވާން ދެ ގަޑިއެއްހާއިރަށް ވެފައި ވަނިކޮށެވެ. މީގެ ކުރިން މެއި 31 ވަނަ ދުވަހުގެ ނިޔަލަށް އޮތް މި ފުރުސަތު މިރޭ 11:59އާ ހަމައަށް އިތުރުކޮށްދިނީ އަޟްހާ އީދުގެ ބޮޑު ބަންދާ ގުޅިގެންނެވެ. މައްސަލަ ހައްލުކޮށް މިހާރު ވަނީ މިރޭ ދޭއް ޖެހުމާ ހަމައަށް ފޯމު ލެވޭނެ އިންތިޒާމު ހަމަޖައްސާފައެވެ.
މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ހުޅުވާލި އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން 7900 ފްލެޓާއި ފަނަރަހާސް ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ފްލެޓް ދޫކުރުމަށް ކަނޑައަޅާފައިވަނީ މާލޭގެ ރަށްވެހިންނަށް 4000 ފްލެޓާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1500 ފްލެޓުގެ އިތުރުން ޚާއްސަ ކެޓަގަރީތަކަށް 2400 ފްލެޓެވެ.



