logo
World Cup 2026

އެޗްޑީސީގެ ބައެއް މުވައްޒަފުންނަށް ބޮޑުކޮށް ބޯނަސް ދެވުމުން ފައިސާ އަނބުރާ ދެއްކުމަށް އޮޕްޝަންތަކެއް ދެނީ

ފާތިމަތު މިޝްކާ

21 ޖޫން 2026 - 07:56
އެޗްޑީސީގެ ބައެއް މުވައްޒަފުންނަށް ބޮޑުކޮށް ބޯނަސް ދެވުމުން ފައިސާ އަނބުރާ ދެއްކުމަށް އޮޕްޝަންތަކެއް ދެނީ

އެޗްޑީސީގެ އޮފީސް --

SHARE

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފުންނަށް ބޯނަސް ފައިސާ އިތުރަށް ދެވުމުން އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެޗްޑީސީއިން ބައެއް މީޑިޔާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ 200އެއްހާ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި ދޭން ޖެހޭ ފައިސާ ނުބައިކޮށް ދެވިފައިވާ ކަމަށެވެ. އެއީ 2024 ވަނަ އަހަރުގެ ބޯނަސް ކަމަށާއި އެ ފައިސާ ދޫކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކަމަށް އެޗްޑީސީއިން މައުލޫމާތު ދީފައިވެ އެވެ.

މިދިޔަ ޑިސެމްބަރު މަހު އެކުންފުނިން 18،000 ރުފިޔާގެ ބޯނަސް ދޫކުރި މުވައްޒަފުން މަސައްކަތްކުރި މުއްދަތަށް ބަލައިގެންނެވެ. އެހެންނަމަވެސް 9،000 ރުފިޔާ ދޭން ޖެހޭ ބައެއް މުވައްޒަފުންނަށް 18،000 ރުފިޔާ ދެވިފައިވާކަމަށް ކުންފުނިން ހާމަ ކުރެ އެވެ.

މިފަދަ މައްސަލަތައް ދިމާވަނީ ސްޓާފުންގެ މައުލޫމާތު މެނުއަލްކޮށް އަޅަމުންދާތީ ކަމަށާއި އެކަން ފާހަގަވީ އެފަދަ މައްސަލައެއް އުޅޭތޯ ބެލުމަށް ކުރި މަސައްކަތުން ކަމަށް އެޗްޑީސީއިން ހާމަކޮށްފައިވެ އެވެ.

އެ ފައިސާ ކުންފުންޏަށް އަނބުރާ ދެއްކުމަށް އެކި އޮޕްޝަންތައް މުވައްޒަފުންނަށް ދީފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އެގޮތުން އެ ފައިސާ އަނބުރާ ދެއްކުމަށް ހަ މަސް ނުވަތަ އަހަރު ދުވަހުގެ މުއްދަތު ދިނުމަށް ނުވަތަ ދެން އަންނަ ބޯނަސްއަކުން އުނިކުރުން ފަދަ އޮޕްޝަންތައް މުވައްޒަފުންނަށް ދޭނެ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެ އެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d