logo
World Cup 2026

މަސްވެރިކަމުގައި ކަނބަލުންގެ ހިއްސާ އިތުރުކޮށް, އުފެއްދުންތައް އިތުރުކުރުމަށް ޕްރޮގްރާމްތަކެއް ބާއްވަނީ

އައިޝަތު ހިދާޔާ

28 ޖޫން 2026 - 10:37
މަސްވެރިކަމުގައި ކަނބަލުންގެ ހިއްސާ އިތުރުކޮށް, އުފެއްދުންތައް އިތުރުކުރުމަށް ޕްރޮގްރާމްތަކެއް ބާއްވަނީ

SHARE

މަސްވެރިކަމުގެ ސިނާއަތުގައި ކަނބަލުންގެ ހިއްސާ އިތުރުކޮށް މަސްވެރި އުފެއްދުންތަކުގެ ފެންވަރުރަނގަޅުކޮށް ރަށުފެންވަރުގައި ތައްޔާރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ރަށު ކައުންސިލްތަކާ ގުޅިގެން ޕްރޮގްރާމްތަކެއް ހިންގުމަށް ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިނިސްޓްރީން ބުނީ މިއީ, މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަދި މި ސިނާއަތުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ރަށުކައުންސިލްތަކާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމްތަކެއް ކަމަށެވެ.

މި ޕްރޮގްރާމުގެ މަގުސަދުތަކުގެ ތެރޭގައި މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން އަހުލުވެރިކުރުވުމާއި މަހާއި މަހުގެ އަގުއެއްކުރި އުފެއްދުން އިތުރުކުރުމާއި އިތުރު މާކެޓްތަކަށް ހޯދުމާއި, އާމަސްވެރިކަން ތައާރަފުކޮށް އެކަން މަސްވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ދަސްކޮށްދިނުން ހިމެނެއެވެ.

މިނިސްޓްރީން ބުނީ މިއަހަރު ރަށުކައުންސިލްތަކާއި ގުޅިގެން މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދިއުމަށް ހަމަޖަހެފައިވާ ކުރު ތަމްރީންތަކަކީ:

  1. ޑައިމަންޑް ބެކް ސްކުއިޑް (ތުތި ބޯވަދިލަމަސް)ގެ މަސްވެރިކަމުގެ ތަމްރީން
  2. އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރީ ހިންގާ ބެލެހެއްޓުމުގެ ތަމްރީން

ރަށްރަށުގައި މި ތަމްރީންތައް ކުރިއަށް ގެންދިއުމަށް ޝައުގުވެރިވާ ކައުންސިލްތަކުން 15 ޖުލައިވާ ބުދަ ދުވަހުގެ އޮފިސް ބަންގުވުމުގެ ކުރިން އެރަށެއްގައި ކުރިއަށް ގެންދިނުމަށް ޝައުގުވެރިވާ ތަމްރީނު ފާހަގަކޮށް މިނިސްޓްރީއަށް ސިޓީ މެދުވެރިކޮށް އެންގުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

އަދި ކައުންސިލުން މިކަމުގައި އިސްކޮށް ހަރަކާތްތެރިވާނޭ ފަރާތެއްގެ މަޢުލޫމާތު (ނަމާއި މަގާމް އަދި ގުޅާނޭ ނަންބަރު) ހިއްސާކުރުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

މި ޕްރޮގްރާމްތަކާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް މިމިނިސްޓްރީގެ ނަންބަރު 3033426 ނުވަތަ 3339276 އާ ގުޅައި މައުލޫމާތު ސާފުކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d