logo

އީސީގެ ރައީސަކަށް ޝަކީލް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި

ފާތިމަތު މިޝްކާ

30 ޖޫން 2026 - 07:47
އީސީގެ ރައީސަކަށް ޝަކީލް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި

SHARE

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މަޖިލީހުގެ ތަޅުމުގައި މިއަދު ޝަކީލަށް ރުހުން ދިނުމާ މެދު ވޯޓަށް އެހުމުން ޝަކީލަށް ރުހުން ދޭން ފެންނަކަމަށް 51 މެމްބަރުން ވޯޓު ދެއްވި އެވެ. ނުފެންނަކަމަށް ވޯޓު ދެއްވީ އެންމެ 8 މެމްބަރުންނެވެ.

އީސީގެ މެމްބަރުކަމަށް ޝަކީލް އައްޔަންކުރެއްވީ މިދިޔަ ބުދަ ދުވަހުއެވެ. އީސީގެ މެމްބަރެއްގެ މަގާމު ހުސްވީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ މިދިޔަ މެއިމަހުގެ ފުރަތަމަ ދުވަހުއެވެ.

އީސީގެ މެމްބަރުކަމަށް އައްޔަން ކުރެއްވުމާ ހަމައަށް ޝަކީލް ހުންނެވީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގަ އެވެ. އޭނާ ވަނީ މީގެ ކުރިން ވެސް އީސީގެ މެމްބަރުކަން ކުރައްވާފަ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި މީގެ ކުރިން އީސީގެ މެމްބަރުކަމުން އިސްތިއުފާ ދެއްވީ ކީއްވެތޯ މަޖިލީހުގެ މެމްބަރަކު ސުވާލު ކުރެއްވުމުން ޝަކީލް ވިދާޅުވީ އޭރު އޮތް މާހައުލުގައި މަސައްކަތް ކުރުމަށް ދަތިވުމުން ކަމަށެވެ. މިނިވަންކަމާއެކު މަސައްކަތްކުރުމަށް ހުރަސް އެޅޭފަދަ އަޑުތައް އޭރު ކޮމިޝަންގެ ތެރެއިން އިވިވަޑައިގެންފައިވާކަމަށް ޝަކީލް ކޮމެޓީގައި ވިދާޅުވެފައިވެ އެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d